ކޮނޑޭގެ ކައުންސިލްގެ ފުރަތަމަ ޤުރްއާން މުބާރާތް ބާއްވައިފި

ކޮނޑޭ ކައުންސިލް އިދާރާއިން އިންތިޒާމްކުރި ޤުރްއާން ކިޔުވުމުގެ ފުރަތަމަ މުބާރާތް ބާއްވައިފިއެވެ. 5 އުމުރުފުރާއަކުން 26 ބައިވެރިން ކިޔެވި މި މުބާރާތުގައި ބަލައިގެން ކިޔެވުމާއި ހިތުން ކިޔެވުމުގެ ބައިން ބައިވެރިން ކިޔެވިއެވެ. 21 އޭޕްރީލް 2022ވަނަ ދުވަހު ބޭއްވި މި މުރާތުގެ އެންމެ މޮޅު 3 ބައިވެރިންނަށް (ކޮންމެ ބައިވެރިއަކަށް) -/5000 ރުފިޔާގެ ފައިސާގެ އިނާމު ކައުންސިލުން ވަނި ހުށަހަޅާފައެވެ.

މި މުބާރާތަކީ ރަށުގެ ރައްޔިތުންނާއި ދަރިންގެ ހިތްތަކުގައި ކީރިތި ޤުރްއާން ކިޔެވުމަށް ލޯބި އިތުރުކޮށް ޤުރްއާން ކިޔެވުމުގެ މިންގަނޑުތަކާއި އެއްގޮތަށް ރީތިކޮށް ކިޔެވުމަށް ޝަޢުޤުވެރިކަން އިތުރުކުރުމަށް ކައުންސިލުން އިންތިޒާމުކުރި މުބާރާތެކެވެ. މިއީ ކައުންސިލްގެ ބަޖެޓުން ޚަރަދުކޮށްގެން ކޮންމެ އަހަރަކު ހިންގުމަށް ރަށުގެ ތަރައްޤީގެ ޕްލޭންގައި ހިމަނާފައިވާ ހަރަކާތެކެވެ.

Leave a Reply

Your email address will not be published. Required fields are marked *