ޤުރްއާން މުބާރާތުގެ އިނާމުދިނުމުގެ ޖަލްސާ ބާއްވައިފި

ކޮނޑޭ ކައުންސިލްގެ އިދާރާއިން އިންތިޒާމްކުރި ޤުރްއާން ކިޔެވުވުމުގެ ފުރަތަމަ މުބާރާތުގެ އިނާމު ދިނުމު ޖަލްސާ 7 މެއި 2022 ވަނަ ދުވަހުގެ ހެނދުނު 10:00ގައި ބާއްވައިފިއެވެ. މި ޖަލްސާގައި މުބާރާތުގައި ބައިވެރިންނަށް، ބައިވެރިވުމުގެ ހަނދާނީ ލިޔުމާއި، ވަނަތަކަށް ހޮވުނު ބައިވެރިންނަށް އިނާމު ދެވުނެވެ. މި މުބާރާތުގައި ފަސް އުމުރުފުރާއަކުން ސައްބީސް ބައިވެރިން ކިޔަވާފައިވެއެވެ.

ކޮންމެ އުމުރުފުރާއަކުން ވެސް އެންމެ މޮޅު ތިން ބައިވެރިންނަށް އިނާމު ދެވުނު މި މުބާރާތުގެ ބާރަ އަހަރުން ދަށުގެ އެންމެ މޮޅު ތިން ބައިވެރިންނަކީ، މަރްޔަމް ޝައުން ސޯލިހް/ އެވަރެސްޓް، ޒާން މުޙައްމަދު ޒުހައިރު/ ބިރިކިސަންޑާގެ، މުޙައްމަދު ޝަމްހާން ނާޞިރު/ރަބީޢުގެ އެވެ.

ފަނަރަ އަހަރުން ދަށުގެ އުމުރުފުރާގެ އެންމެ މޮޅު ބައިވެރިޔަކީ، ޒީކު މުޙައްމަދު ޒުހައިރު/ ބިރިކިސަންޑާގެ އެވެ. މި އުމުރުފުރާއިން އިތުރު ބައިވެރަކަށް ވަނަ ލިބޭ ވަރަށް މާރކްސް ލިބިފައި ނުވެއެވެ.

މުޅި މުބާރާތުން އެންމެ މޮޅު ތިން ބައިވެރިންނަކީ، މަރްޔަމް ޝައުން ސޯލިހް/ އެވަރެސްޓް، ޒާން މުޙައްމަދު ޒުހައިރު/ ބިރިކިސަންޑާގެ، ޒީކު މުޙައްމަދު ޒުހައިރު/ ބިރިކިސަންޑާގެއެވެ.

މި މުބާރާތުގެ ވަނަތަކަށް ކައުންސިލުން ތަށްޓާއި ފައިސާގެ އިނާމު ހުށަހަޅާފައިވެއެވެ. އެންމެ މޮޅު ތިން ބައިވެރިންނަށް (ބައިވެރިޔަކަށް) ފަސްހާސް ރުފިޔާ ކައުންސިލުން ހުށަހަޅާފައި ވެއެވެ. މި ޖަލްސާގައި މުބާރާތުގެ ފަނޑިޔާރުންނާއި، މުބާރާތް އިންތިޒާމް ކުރުމުގައި އެހީތެރިވި ފާރާތްތަކަށް ވެސް ހަނދާނީ ލިޔުން ދެވުނެވެ.

މިޖަލްސާ ޝަރަފުވެރި ކޯށްދެއްވީ ކޮނޑޭސްކޫލްގެ ޕްރިންސިޕަލް ޢަބްދުﷲ ކިނާނަތު ޤާސިމެވެ. މި ޖަލްސާގައި ކައުންސިލްގެ ރަޢީސް އާއި ކައުންސިލަރުން އަދި ރަށުގެ މުޢައްސަސާތަކުގެ ވެރިންނާއި ގިނަ ޢަދަދެއްގެ ރައްޔިތުން ބައިވެރިވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *