ކައުންސިލްގެ ވަފުދުން ފިޝަރީޒް މިނިސްޓަރާއި ބައްދަލު ކޮށްފި

ކައުންސިލްގެ ވަފުދުން މާލެ ކުރި ޒިޔާރަތުގައި މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެގްރިކަލްޗަރ ޑރ.ޙުސައިން ރަޝީދު ޙަސަން އާއި 18 މެއި 2022 ވަނަ ދުވަހު ބައްދަލު ކޮށްފިއެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް ގައި ބޭއްވި މި ބައްދަލުވުމުގައި ރަށުގައި ދަނޑުވެރިކަމުގެ ދާއިރާއަށް އިންވެސްޓް ކުރާނެ ބަޔަކު ހޯދުމަށާއި، ރަށުގައި ކަނޑުމަހުގެ މަސްވެރިކަން ކުރުމަށް މަސްދޯންޏެއް ހޯދުމާއި ބެހޭ ގޮތުން މަޝްވަރާކުރެވުނެވެ.

މީގެ އިތުރުން ރަށުގެ ރުއްގަނޑު ތަކުން އާމްދަނީ ހޯދޭނެ ގޮތްތަކާއި، އަލައޮޅުތައް އާލާކޮށް އިތުރުކޮށް އުފެއްދޭ މިންވަރު އިތުރުކުރުމުގެ މުހިއްމުކަން ފާހަގަކުރައްވައި އެކަމުގައި މިނިސްޓްރީން އެހީތެރިކަން ދެއްވާނެކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

Leave a Reply

Your email address will not be published. Required fields are marked *