ދިރާގު ޓީވީގެ ޚިދުމަތް ދިނުމަށް މަޝްވަރާކޮށްފި

ކައުންސިލްގެ ވަފުދުން 19 މެއި 2022 ވަނަ ދުވަހު ކައުންސިލުން ދިރާގާއި އެކު، ދިރާގުގެ ހެޑް އޮފީހުގައި ބޭއްވި މި ބައްދަލުވުމުގައި ކޮނޑޭގައި ކޭބަލްޓީވީ އާއި ބްރޯޑްބޭންޑް އިންޓަނެޓްގެ ޚިދުމަތް ޤާއިމުކޮށްދިނުމަށް ހުށަހަޅައި މަޝްވަރާކުރިއެވެ.

މިބައްދަލުވުމުގައި ދިރާގުން ބައިވެރިވި ވަފުދުން ކައުންސިލްގެ މި އިސްނެގުމަށް މަރުހަބާ ކިޔައި ކައުންސިލުން އެކަމަށް އެދިފައިވާތީ ދިރާގަށް އިތުރު ބާރެއް ކޭބަލްޓީވީ އާއި ބްރޯޑްބޭންޑް އިންޓަނެޓް ކޮނޑޭގައި ޤާއިމުކުރުމަށް ލިބިގެން ދިޔަކަމަށް ފާހަގަ ކުރެއްވި އެވެ.

އަދި މި ހުށަހެޅުމާއި ގުޅިގެން އެ މަސައްކަތް ކޮނޑޭގައި ކުރުމަށް އިތުރު އިސްކަމެއް ދީގެން މަސައްކަތް ކުރާނެ ކަމަށްވެސް ވިދާޅުވި އެވެ.

 

Leave a Reply

Your email address will not be published. Required fields are marked *