ކައުންސިލުން ރައީސުލްޖުމްހޫރިއްޔާ އާއި ބައްދަލު ކޮށްފި

ކޮނޑޭ ކައުންސިލްގެ ވަފުދުން ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އާއި ބައްދަލުކޮށްފި އެވެ.
19 މެއި 2022 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މިބައްދަލުވުމުގައި ކައުންސިލްގެ ރައީސް އަޙްމަދު ޢަބްދުލް ޙަކީމް އާއި ކައުންސިލަރުން، ގެމަނަފުށީ ދާއިރާގެ މެމްބަރު އަޙްމަދު ސަޢީދު އާއި ކޮނޑޭ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސާ ގެ .އިތުރުން ކޮނޑޭ މުއައްސަސާތަކުގެ ވެރިންނާއި ބައިވެރިވި އެވެ


މިބައްދަލުވުމުގައި، ސަރުކާރުން ކޮނޑޭގެ ތަރައްޤީއަށް ކުރައްވާ މަސައްކަތް ތަކާއި، ހިންގަމުން ގެންދާ މަޝްރޫއުތަކަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އަށް ޝުކުރުއަދާކުރެއްވިއެވެ. އަދި ކޮނޑޭގެ ރައްޔިތުން މެމްބަރާއި އެއްބާރުލެއްވުމަށް ދީގެން މަސައްކަތް ކުރުމަކީ މިއަދު ކޮނޑެއިން ފެންނަމުންދާ ކުރިއެރުމުގެ ސަބަބުން ކަމުގައި ދެންނެވިއެވެ.
މިބައްދަލުވުމުގައި ރައީސް ގެ ޒަޢާމަތުގައި ކޮނޑޭގައި ހިންގާފައިވާ އަދި މިހާރު ހިންގަމުން ގެންދާ މަޝްރޫއުތަކުގެ މައުލޫމާތު ހިއްސާކޮށް، އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އަށް، ކޮނޑޭ ކައުންސިލްގެ ރައީސް ޝުކުރުއަދާކުރެއްވިއެވެ.


މިބައްދަލުވުމުގައި މިވަގުތު ކޮނޑެއަށް ބޭނުވެފައިވާ ކަންކަން ކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަށް ހުށަހަޅުއްވަމުން، ރަށުގެ ބަނދަރު ބޮޑުކޮށް، ސްކޫލުގެ އިތުރު ކްލާސްރޫމްތަކާއި، ސްޓާފް ރޫމާއި، ލައިބްރަރީ އަޅައިދެއްވުމަށް ކައުންސިލުން ރައީސުލްޖުމްހޫރިއްޔާ އަށް ހުށަހެޅުއްވި އެވެ.
މިބައްދަލުވުމުގައި ވުމުގައި ރައީސުލްޖުމްހޫރިއްޔާ އަށް ދަންނަވަން ކޮނޑޭގެ ރައްޔިތުން ކައުންސިލުގައި އެދިފައިވާ ކަންކަން ރައީސުލްޖުމްހޫރިއްޔާ އަށް ހުށަހަޅުއްވަމުން، ރަށުގެ ސިއްހީ މަރުކަޒުގެ އެކްސްޓެންޝަނާއި ލެބޯޓަރީގެ ޤާއިމްކޮށްދިނުމަށް ކައުންސިލުން ހުށަހެޅުއްވި އެވެ.
ރަށުން ތެލެސީމިއާ ކުދިންނަށް ލޭ އެޅުމުގެ ޚިދުމަތް ނުލިބޭކަމާއި، ރަށުގެ ރައްޔިތުންނާއި ރަށަށް ހިޖުރަކުރަން ބޭނުން ފަރާތްތަކަށް 50 ހައުސިންގ ޔުނިޓް ކޮނޑޭގައި އަޅައިދިނުމަށް ވެސް ކައުންސިލުން ހުށަހެޅުއްވި އެވެ.


ކޮނޑޭގެ ލޭންޑް ޔޫސް ޕްލޭން ގައިވާ ޓޫރިޒަމް ޒޯނުން ބިން ދޫކުރުމަށް ހުއްދަދެއްވުމަށާއި، ކޮނޑޭގައި އެއަރޕޯރޓެއް އަޅަން ބޭނުންވާ ކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާ އަށް ހުށަހެޅުއްވި އެވެ.
ކޮނޑެއަކީ ބިންބޮޑު ދަނޑުވެރިކަމުގެ ދާއިރާއިންނާއި ނަފާހޯދެން އޮތް ރަށަކަށް ވާތީ، އެ ދާއިރާއިން ކޮނޑެއަށް އިންވެސްޓަރުން ގެނެސްދިނުމަށާއި ރަށަށް މަސްދޯންޏެއް ހޯދައި ދެއްވުމަށް ކައުންސިލުން ރައީސުލްޖުމްހޫރިއްޔާ އަށް ހުށަހެޅުއްވި އެވެ.
މީގެ އިތުރުން ރަށުގައި ވޮލީ ކޯޓަކާއި، އޭ.ޓީ.އެމަކާއި، ބޯޓުޔާޑެއް، ޔޫތުސެންޓަރެއް ޤާއިމު ކޮށްދެއްވުމަށް ވެސް ރައީސުލްޖުމްހޫރިއްޔާ އަށް ހުށަހެޅުއްވި އެވެ. މީގެ އިތުރުން ވެސް ކޮނޑޭގެ މުސްތަގުބަލާއި ގުޅިފައިވާ ކަންކަމާ ބެހޭ ގޮތުން ކައުންސިލުން ރައީސުލްޖުމްހޫރިއްޔާ އަށް ހުށަހެޅުއްވި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ކޮނޑޭ ކައުންސިލްގެ ވަފުދުން ހުށަހެޅުއްވި ކަންކަމަށް ބޮޑު އިސްކަމެއް ދެއްވާނެ ކަމަށާއި، ސަރުކާރުން ކުޑަރަށެއް ބޮޑުރަށެއް ތަފާތު ނުކޮށް ރައްޔިތުން އެދޭ ކަންކަން ކޮށްދެއްވާނެ ކަމަށް ވިދާޅުވި އެވެ. ކޮނޑޭގެ ސިއްހީ މަރުކަޒުގެ އެކްސްޓެންޝަނާއި ލެބޯޓަރީގެ ޚިދުމަތް ޤާއިމްކުރުމުގެ މަސައްކަތް ވެސސް އިސްކަމެއް ދެއްވައިގެން ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
ކޮނޑެއިން ޓޫރިޒަމަށް ބިންދޫކުރުމުގައި ހުރި ދަތިތައް ހައްލުކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމަށާއި ކޮނޑޭގެ ޒުވާނުންނަށް ވޮލީ ކޯޓެއްވެސް އަޅުއްވަން ބޭނުންފުޅުވާ ކަމަށް ވިދާޅުވީއެވެ.

މިބައްދަލުވުމުގައި ކައުންސިލްގެ ރައީސް އަޙްމަދު ޢަބްދުލް ޙަކީމް އާއި ކައުންސިލަރުން އަދި ކޮނޑޭގެ މުއައްސަސާތަކުގެ ވެރިންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސާ ބައިވެރިވެ ވަޑައިގެންނެވި އެވެ.

https://presidency.gov.mv/PhotoGallery/View/6274

https://presidency.gov.mv/Press/Article/26661

Leave a Reply

Your email address will not be published. Required fields are marked *