މާލެ ޒިޔާރަތުގެ މަޢުލޫމާތު ރައްޔިތުންނާއި ހިއްސާކޮށްފި

ކޮނޑޭ ކައުންސިލްގެ ވަފުދުން 16 މެއި 2022އިން 20 މެއި އަށް މާލެ ކުރި ޒިޔާރަތުގެ މައުލޫމާތު ރައްޔިތުންނާއި ހިއްސާކޮށްފި އެވެ. މިބައްދަލުވުން ބާއްވާފައިވަނީ 24 މެއި 2022 ވަނަ އަންގާރަދުވަހުގެ ރޭ 21:00ގައެވެ. ސަރުކާރުގެ ވަޒީރުންނާއި ކުންފުނިތަކުގެ ވެރިންނާއި ކައުންސިލްގެ ވަފުދުން ބައްދަލުކުރި މި ޒަިޔާރަތުގައި ކޮނޑެއަށް މިވަގުތު ބޭނުންވާ މުހިންމު ކަންކަމުގެ މައުލޫމާތު ކަމާބެހޭ ފަރާތްތަކާ ހިއްސާ ކޮށް މަޝްވަރާކުރިއެވެ.

މި ޒިޔާރަތުގައި އެންމެ މުހިންމުކަމެއް ގޮތުގައި 19 މެއިގަ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އާއި ބައްދަލުކުރި އެވެ.

މި ޒިޔާރަތުގައި ބައްދަލުކުރި ވަޒީރުންނާއި ކުންފުނިތަކުގެ ވެރިން، ކޮނޑޭގެ ތަރައްޤީއަށް ބޭނުންވާ މުހިންމު ކޮށްދެއްވަން އެއްބަސްވިއެވެ.

މި ކަމަށް ކައުންސިލުން ބޭއްވި ރައްޔިތުންގެ ބައްދަލުވުމުގައި ދަތުރުގެ ޚަރަދާއި އިންތިޒާމްތަކާއި ބެހޭގޮތުން ރައްޔިތުންކުރި ސުވާލުތަކަށް ކައުންސިލުން މައުލޫމާތު އެރުވިއެވެ 

Leave a Reply

Your email address will not be published. Required fields are marked *