ދީނީ ހޭލުންތެރިކަމުގެ ޕްރޮގްރާމެއް ހިންގައިފި

 މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އާއި ކޮނޑޭ ސްކޫލް އަދި ކޮނޑޭ ކައުންސިލް ގުޅިގެން ކޮނޑޭ ގައި  ދީނީ ހޭލުންތެރި ކުރުމުގެ ޕްރޮގްރާމެއް ހިންގައިފިއެވެ. 28 މެއި 2022ވަނަ ދުވަހު ކޮނޑޭ  ސްކޫލްގެ  ދަރިވަރުންނާއި ބެލެނެވެރިންނަށް ޚާއްޞަކޮށް  ޕްރޮގްރާމް ހިންގިއެވެ.

މި ޕްރޮގްރާމުގައި މައުލޫމާތު ދެއްވީ، ޝެއިޚް މުޙައްމަދު މަންޞޫރު އާދަމް، ޑރ.އަބްދުﷲ ޖަމީލް އަދި ޝެއިޚް އަޙްމަދު ސަލީމެވެ.ސްކޫލްދަރިވަރުންނަށް މުޢާމަލާތު ކުރަންވީގޮތުގެ މަުއުލޫމާތު ދެއްވީ ޝެއިޚް މުޙައްމަދު މަންޞޫރު އާދަމެވެ. ދަރިން ތަރުބިޔަތުކުރުމާއި ބެހޭގޮތުން ބެލެނެވެރިންނަށް މައުލޫމާތު ދެއްވީ، ޑރ.ޢަބްދުﷲ ޖަމީލާއި ޝެއިޚް އަޙްމަދު ސަލީމެވެ. މި ޕްރޮގްރާގައި ކޮނޑޭ ސްކޫލްގެ ގްރޭޑް 6ން މަތީގެ ދަރިވަރުންނާއި ސްކޫލުގެ ބެލެނެވެރިން ބައިވެރިވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *