ކައުންސިލްގެ އައު އިދާރާގައި ޚިދުމަތް ފަށައިފި

ކޮނޑޭ ކައުންސިލްގެ އައު އިދާރާއިން ޚިދުމަތް ދޭންފަށައިފި އެވެ. ޖޫން ވިހި ވަނަ ދުވަހުންފެށިގެން ކައުންސިލުން ދެމުންގެންދާ ހުރިހާ ޚިދުމަތްތަކާއި ކުރާ މަސައްކަތްތައް ވަނީ އައު އިދާރާގައި ފަށާފައެވެ.

މި އިދާރާއަކީ ދައުލަތުގެ ބަޖެޓުން ޚަރަދު ކޮށްގެން ޒަމާނީ ފެންވަރަށް ކޮށްފައިވާ އިމާރާތެކެވެ. މުވައްޒަފުންނަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުވެފައިވާ ޒަމާނީ ވަސީލަތްތައް ޤާއިމު ކުރެވިފައިވާ މި އިދާރާގައި މަސައްކަތް ފެށުމުން ކައުންސިލުން ދޭ ޚިދުމަތްތަކާއި ހިންގާ ހަރަކާތްތަކަށް އިތުރު ހަލުވިކަމާއި ކުރިއެރުން ލިބިގެން ދާނެއެވެ.

ކައުންސިލްގެ ވިސްނުމަކީ ރައްޔިތުންނަށް ދެވޭ ޚިދުމަތްތައް  އިތުރުކޮށް ދުވަހުން ދުވަހަށް ފެންވަރު މަތިކުރުމެވެ. ގިނަ ޚިދުމަތްތަކެއް ރައްޔިތުނާއި ގާތުން އޮންލައިންނަށް ކުރެވޭނެ އިންތިޒާމްތައް ގާއިމް ކުރަން ވެސް ކައުންސިލުން ބޭނުންވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *