މަސްޖިދުއް ނަޖާޙް މަރާމަތު ކުރަން ހަވާލުކޮށްފި

ކޮނޑޭ ހުކުރު މިސްކިތް، މަސްޖިދުއްނަޖާހް މަރާމާތުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މިސްކިތުގެ އާބާތުރަ ފިލުވުމަށް ކުރަން ޖެހޭ މަރާމާތުތަކާއި މުޅިން އާ  ވުޟޫކުރާ އިސްކުރުބަރިއެއް އެޅުމަށް 12 ސެޕްޓެންބަރު 2022ވަނަ ދުވަހު ކޮނޑޭ ކައުންސިލްގެ އިދާރާގައި އޮތް މި ރަސްމިއްޔާތުގައި، އިބްރާހީމް އަސްވަދު އިންވެސްޓްމަންޓާއި އެކު ސޮއިކުރީ، ބަންދު ދުވަސްތައް ހިމަނައިގެން 29 ދަވަހުގެ މުއްދަތަކަށެވެ.

މި މަސައްކަތުގެ ޖުމުލަ އަގަކީ، 219065.96 (ދެލައްކަ ނަވާރަހާސް ފަސްދޮޅަސް ފަސްރުފިޔާ ނުވައެއް ހައެއް ލާރި) އެވެ. މިއީ، މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް އިން މިސްކިތުގެ އާބާތުރަ ފިލުވުމަށް ދެއްވާ ޚާއްސަ މާލީ އެހީ އާއި ކައުންސިލްގެ ބަޖެޓުން އަގު އަދާކުރާގޮތަށް ހިންގާ މަސައްކަތެކެވެ.

މި މަސައްކަތުގެ އެއްބަސްވުމުގައި ސޮއި ކުރީ ކައުންސިލްގެ ނާއިބް ރަޢީސް ނަޞްރު މުޙައްމަދު ދީދީ އާއި  ކޮންޓްރެކްޓަރ އިބްރާހީމް އަސްވަދު އެވެ.

މި މަސައްކަތް ނިމުމުން މިސްކިތުގައި މުޅިން އާ އިސްކުރުބަރިއަކާއި ދެ ފާޚާނާ އާއި ގުދަނެއް އިމާރާތްކުރެވިގެން ދާނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *