ކައުންސިލްގެ ކުރީގެ އިމާރާތް މަރާމާތުކުރަން ޙަވާލުކޮށްފި

ކޮނޑޭގައި ޕްރީސްކޫލްގެ ޚިދުމަތް ފެށުމަށް ބޭނުންވާ އިމާރާތް ތައްޔާރު ކުރުމަށް، ކައުންސިލްގެ ކުރީގެ އިމާރާތަށް ގެންނަންޖެހޭ ބަދަލުތަކާއި އާބާތުރަ ފިލުވުމަށް އިބްރާހީމް އަސްވަދު އިންވެސްޓްމަންޓާއި ހަވާލުކޮށްފިއެވެ.

ސެޕްޓެންބަރު  22،  2022 ވަނަ ދުވަހު ކައުންސިލްގެ އިދާރާގައި ސޮއިކުރި މި އެއްބަސްވުމަކީ 19 ދުވަހުގެ މުއްދަތެއްގައި 124656.00 (އެއްލައްކަ ސައުވީސްހާސް ހަސަތޭކަ ފަންސާސް ހަރުފިޔާ) ކައުންސިލްގެ ބެޖެޓުން ޚަރަދުކޮށްގެން ކުރިޔަށް ގެންދާ މަސައްކަތެކެވެ.

މި މަސައްކަތް ނިމުމުން ކައުންސިލުން ކަނޑައަޅާފައިވާ ގޮތަށް ރަށުގައި ބޭބީ ނާރސަރީ އަދި ނާސަރީ ތަޢުލީމު ދިނުމަށް ބޭނުންވާ އިމާރާތް ޤާއިމުކުރެވިގެން ދާނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *