ޤައުމީދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފި

ދިވެހިރާއްޖޭގެ ފަޚުރުވެރި ޤައުމީދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. 27 ސެޕްޓެންބަރު 2022 ވަނަ ދުވަހުގެ ހެނދުނު 6:00 ގައި ކޮނޑޭ ކައުންސިލްގެ އިދާރާގައި އޮތް މި ރަސްމިއްޔާތުގައި ދިދަ ނަންގަވައިދެއްވީ ކައުންސިލްގެ ރަޢީސް އަޙްމަދު ޢަބްދުލް ޙަކީމެވެ.

ކީރިތި ޤުރްއާނުގެ ބަރަކާތުން ފެށި މިރަސްމިއްޔާތުގައި ދިދަ ނެގުމަށްފަހު ޤައުމީ ސަލާމް ކިޔުން އޮތެވެ. މި ރަސްމިއްޔާތުގައި ކައުންސިލަރުންނާއި، އިދާރާގެ މުވައްޒަފުންގެ އިތުރުން ކޮނޑޭގެ މުއައްސަސާތަކުގެ ވެރިންނާއި މުވައްޒަފުން އަދި ސްކޫލްގެ ދަރިވަރުން ބައިވެރިވިއެވެ.

މި ރަސްމިއްޔާތަށް ފަހު ކައުންސިލުން ދުވަހުގެ ތަހުނިޔާ އަރިސްކުރުމާއި އެކު ރައްޔިތުނަށް ދުވަހުގެ މުނާސަބަތުގައި ދެއްވި ޚާއްޞަ ހެނދުނުގެ ނާސްތާއެއް އޮތެވެ.

Leave a Reply

Your email address will not be published. Required fields are marked *