ކޮނޑޭ ބިނާވެށި ޕްލޭން މުރާޖަޢާކުރަނީ

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމާއި ބެހޭ ޤާނޫނަށް ގެނެވުނު އިޞްލާހާއި ގުޅިގެން ކޮނޑޭގެ ބިނާވެށި ޕްލޭން(ލޭންޑް ޔޫސް ޕްލޭން)، މުރާޖަޢާކުރަން ބަޔަކާއި ހަވާލުކޮށްފިއެވެ.  މިހާރު އޮތް ކޮނޑޭގެ ބިނާވެށި ޕްލޭނަކީ 2019 ވަނަ އަހަރު ތައްޔާރުކޮށް ފާސްކޮށްފައިވާ ޕްލޭނެކެވެ. ބިނާވެށި ޕްލޭން މުރާޖަޢާކުރުމުގެ އިތުރުން ކޮނޑޭގެ އިހްތިސާސްގައި ހިމެނޭ ކޮނޑޭވިލިނިގިލީގެ ބިނާވެށި ޕްލޭން (އަލަށް) ހެދުން ވެސް މިމަސައްކަތުގައި ހިމަނާފައިވެއެވެ.

މި މަސައްކަތް 45 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވަނީ ރިޔަން ޕްރިައިވެޓް ލިމިޓެޑާއި އެވެ. މި މަސައްކަތަށް ކައުންސިލްގެ ބަޖެޓުން /-95400 (ނުވަދިހަ ފަސްހާސް ހަތަރުސަތޭކަ ރުފިޔާ) ޚަރަދުކުރެވޭނެއެވެ. މި މަސައްކަތް ނިމި، ރަށުގެ ބިނާވެށި ޕްލޭން ފާސްވުމުން ރަށުގެ ބިމުން ކުރުމަށް ކައުންސިލާއި ރައްޔިތުން ބޭނުންވާ ގިނަ ކަންކަމަށް ބިން ދުކުރުމުގެ ފުރުޞަތު ހުޅުވިގެން ދާނެއެވެ.

ކޮނޑެއަކީ ބިންބޮޑު، ޤުދުރަތީ ރީތިކަން ލިބިފައިވާ ރަށެކެވެ. ފަތުރުވެރިކަމާއި ދަނޑުވެރިކަން ފަދަ ބޮޑެތި ބިން ބޭނުންވާ ސިނާއަތްތަކަށް ކޮނޑޭގެ ބިނާވެށި ޕްލޭނުން ޚާއްޞަ ޖާގަ ކަނޑައެޅުމަށް ކައުންސިލުން ވަނީ ނިންމާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *