ކައުންސިލުން ރައްޔިތުންނާއި ބައްދަލުކޮށްފި

ރައްޔިތުންނާއި ބައްދަލުކުރުމަށް ކޮންމެ އަހަރެއްގެ ފެބުރުވަރީ މަހު ކައުންސިލުން ބާއްވަންޖެހޭ “ރައްޔިތުންގެ ބައްދަލުވުން” 20 ފެބުރުވަރީ 2023 ވަނަ ދުވަހުގެރޭ 20:30 ގައި ކޮނޑޭކައުންސިލްގެ ސެމިނަރހޯލުގައި ބާއްވައިފިއެވެ. އާންމުކޮށް ކޮނޑޭގެ ހުރިހާ ރައްޔިތުންނަށް ދަޢުވަތު ދީގެން ބޭއްވި މި ބައްދަލުވުމުގައި ރަށުންބޭރުގައި ދިރިއުޅޭ ރައްޔިތުންނަށް ގޫގުލްމީޓް މެދުވެރިކޮށް ބައިވެރިވުމުގެ ފުރުޞަތުދެވުނެވެ.

 

މިބައްދަލުވުމުގައި 2022ވަނަ އަހަރުގެ ބަޖެޓު ރިޕޯޓާއި،2022 ވަނަ އަހަރުގެ އަހަރީ ރިޕޯޓު ބައްދަލުވުމުގައި ބައިވެރިވި ރައްޔިތުންނަށް ހުށަހަޅައިދިނެވެ. މީގެ އިތުރުން 2023 ވަނަ އަހަރަށް ކައުންސިލުން ލަފާކޮށް ފާސްކުރި ބަޖެޓާއި 2023ވަނަ އަހަރު ކައުންސިލުން ހިންގުމަށް ރާވާފައިވާ އަހަރީ ހަރަކާތްތަކުގެ މަޢުލޫމާތު ރައްޔިތުންނާއި ހިއްސާކުރިއެވެ.

މި ބައްދަލުވުމުގައި ރައްޔިތުންގެ ސުވާލާއި ޖަވާބު އަދި ޚިޔާލާއި މަޝްވަރާ ކައުންސިލަށް ހުށަހެޅުމުގެ ފުރުޞަތު ރައްޔިތުންނަށް ދެވުނެވެ.

Leave a Reply

Your email address will not be published. Required fields are marked *