ކޮނޑޭ ފުޓްސަލް ދަނޑު ތަރައްޤީ ކުރުމުގެ މަސައްކަތް ކޯލައިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފި

ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ ސްޕޯޓްސް އެރީނާ “ފުޓްސަލް ދަނޑު” ތަރައްޤީ ކުރުމުގެ މަސައްކަތް 1023788.08 (އެއްމިލިއަން ތޭވީސްހާސް ހަތްސަތޭކަ އައްޑިހަ އައްރުފިޔާ އައްލާރި) އަށް ކޯލައިން މޯލްޑިވްސް ޕްވައިވެޓް ލިމިޓެޑްއާއި ޙަވާލުކޮށްފިއެވެ.
ކޯލައިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއާއި މިމަސައްކަތް ޙަވާލުކޮށްފައިވަނީ މިއަދު 10:00 ގައި ކޮނޑޭ ކައުންސިލް އިދާރާގައި މިކަމަށްޓަކައި ބޭއްވުނު ރަސްމިއްޔާތެއްގައެވެ.
މިމަސައްކަތުގެ އެއްބަސްވުމުގައި ކޮނޑޭ ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ ކޮނޑޭ ކައުންސިލް ރައީސް އަލްފާޟިލް އަހްމަދު އަބްދުލްޙަކީމްއެވެ. އަދި ކޯލައިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ ކޯލައިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ އެކްޓިންގ މެނޭޖަރ އަލްފާޟިލް އަޙްމަދު އާތިފްއެވެ.
ކޮނޑެ ފުޓްސަލްދަނޑު އެޅުމުގެ މަސައްކަތަކީ މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯޓްސް އިން ފަންޑުކޮށްގެން ކޮނޑޭ ކައުންސިލްގެ ބެލުމުގެ ދަށުން ކުރިއަށްގެންދާ 1023788.08 (އެއްމިލިއަން ތޭވީސްހާސް ހަތްސަތޭކަ އައްޑިހަ އައްރުފިޔާ އައްލާރި) ގެ ޕްރޮޖެކްޓެކެވެ. އަދި މިމަސައްކަތުގެ މުއްދަތަކީ 35 (ތިރީސްފަސް) ދުވަހެވެ.

Leave a Reply

Your email address will not be published. Required fields are marked *