ކޮނޑޭގެ އިޖުތިމާއީ ސަރަޙައްދުތައް ސާފްކުރުމުގެ މަސައްކަތް ވެލްކަމް ގްރޫޕްއާއި ހަވާލުކޮށްފި

ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭގެ އިޖުތިމާއީ ސަރަޙައްދު ސާފްކުރުމުގެ މަސައްކަތް މަހަކު 13000.00 (ތޭރަހާސް) ރުފިޔާއަށް ވެލްކަމް ގްރޫޕްއާއި ހަވާލުކޮށްފިއެވެ.
ވެލްކަމް ގްރޫޕްއާއި މިމަސައްކަތް ޙަވާލުކޮށްފައިވަނީ މިއަދު 10:00 ގައި ކޮނޑޭ ކައުންސިލް އިދާރާގައި މިކަމަށްޓަކައި ބޭއްވުނު ރަސްމިއްޔާތެއްގައެވެ.
މިމަސައްކަތުގެ އެއްބަސްވުމުގައި ކޮނޑޭ ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ ކޮނޑޭ ކައުންސިލް ރައީސް އަލްފާޟިލް އަހްމަދު އަބްދުލްޙަކީމްއެވެ. އަދި ވެލްކަމް ގްރޫޕްގެ ފަރާތުން ސޮއި ކުރެއްވީ ވެލްކަމް ގްރޫޕްގެ މަސްޢޫލުވެރިޔާ އަލްފާޟިލް މުޙައްމަދު އަބްދުލްއަޒީޒްއެވެ.
މިރަސްމިއްޔާތައްފަހު ވެލްކަމް ގްރުޕްގެ މަސްޢޫލުވެރިޔާ މުޙައްމަދު އަބްދުލްއަޒީޒް ވިދާޅުވީ މިމަސައްކަތަކީ ކޮނޑޭގެ އިޖުތިމާއީ ސަރަޙައްދުތައް ސާފްކުރުމަށް ކައުންސިލަށް އެއްބާރުލުން ދިނުމުގެ ގޮތުން ވަރަށް ކުޑަ އުޖޫރައަކަށް ޚިދުމަތެއްގެ ގޮތުގައި ކޮށްދޭ މަސައްކަތެއްކަމަށެވެ.
މިއެއްވަސްވުމުގެ ދަށުން ވެލްކަމް ގްރޫޕްއިން 2018 ވަނަ އަހަރުގެ ނިޔަލަށް ކޮނޑޭގެ އިޖުތިމާއީ ސަރަޙައްދުތައް ސާފްކޮށް ބަލަހައްޓަންޖެހޭނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *