ކޮނޑޭ ކައުންސިލް އިދާރާގެ ސެކިއުރިޓީ ބެލެހެއްޓުން ރަނަމަލާ އާއި ހަވާލުކޮށްފި

ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ ކައުންސިލް އިދާރާގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތް މަހަކު 9850.00 (ނުވަހާސް އަށްސަތޭކަ ފަންސާސް ރުފިޔާ) އަށް ރަނަމަލާ އާއި ހަވާލުކޮށްފިއެވެ.
ރަނަމަލާއާއި މިމަސައްކަތް ހަވާލުކޮށްފައިވަނީ މިރޭ 20:30 ގައި ކޮނޑޭ ކައުންސިލް އިދާރާގައި މިކަމަށްޓަކައި ބޭއްވުނު ރަސްމިއްޔާތެއްގައެވެ.
ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ކޮނޑޭ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކޮނޑޭ ކައުންސިލްގެ ރައީސް އަލްފާޟިލް އަޙްމަދު އަބްދުލްހަކީމެވެ. އަދި ރަނަމަލާގެ ފަރާތުން ސޮއިކުރެއްވީ ރަނަމާލާގެ މަސްޢޫލުވެރިޔާ އަލްފާޟިލް މުޙައްމަދު އަބްދުﷲ ދީދީ އެވެ.
މިއެއްބަސްވުމުގެ ދަށުން ރަނަމަލާ އިން 2018 ވަނަ އަހަރުގެ ނިޔަލަށް (2018 ޑިސެމްބަރ 31)ގެ ނިޔަލަށް ކޮނޑޭ ކައުންސިލް އިދާރާގެ ސެކިއުރިޓީ ބަލަހައްޓަމުން ގެންދާނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *