ޢަލީ ނާޞިރުއަށް ފައިސާ ދިނުމަށް ކައުންސިލް އިދާރާގެ މައްޗަށް ޙުކުމް ކޮއްފި
ގއ.ކޮނޑޭ ރަބީޢުގެ ޢަލީ ނާޞިރުއަށް ދިނުމަށް ކޮނޑޭ މެޖިސްޓްރޭޓް ކޯޓްގެ ނަންބަރު /P7C/201522 ޤަޟިއްޔާއިން ޙުކުމް ކޮށްފައިވާ 34064.52 (ތިރީސް ހަތަރުހާސް ފަސްދޮޅަސް ހަތަރު ރުފިޔާ ފަންސާސް ދެލާރި) 15 ދުވަހުގެ ތެރޭގައި ކޯޓަށް ދެއްކުމަށް ކޮނޑޭ މެޖިސްޓްރޭޓް ކޯޓުން ޙުކުމް ކޮށްފިއެވެ.
ކޮނޑޭ މެޖިސްޓްރޭޓް ކޯޓުން މިގޮތަށް ޙުކުމް ކޮށްފައިވަނީ ޕާރކް ހައިތް މޯލްޑިވްސް ހަނޑަހާއިން ގެންނަ ކުނި ނައްތާލުމަށް ކޮނޑޭ ކައުންސިލާއި، ގއ.ކޮނޑޭ ރަބީޢުގެ ޢަލީ ނާޞިރާއި ދެމެދު ވެފައިވާ އެއްބަސްވުން ކޮނޑޭ ކައުންސިލް އިދާރާއިން ބާޠިލް ކުރުމާއި ގުޅިގެން އެމައްސަލަ ޢަލީ ނާޞިރު ކޮނޑޭ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުމުން އެއެއްބަސްވުން ބާޠިލް ކޮށްފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ ބޭރުން ކަމާއި، އަދި އެއެއްބަސްވުމުގެ މުއްދަތުގައި އެއެއްބަސްވުމުގެ ސަބަބުން ދެފަރާތުގެ މައްޗަށް ހުރިހުރިހާ އިލްތިޒާމެއް ދެމި އޮންނާނެކަމަށް ކަނޑައަޅައި ޙުކުމް ކުރުމުން އެޙުކުމް ތަންފީޒު ކުރުމަށް ޢަލީ ނާޞިރު ހުށަހެޅި މައްސަލަ ކޮނޑޭ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 22/P7C/2015 ޤަޟިއްޔާއިން ޢަލީ ނާޞިރުއަށް 34064.52 (ތިރީސް ހަތަރުހާސް ފަސްދޮޅަސް ހަތަރު ރުފިޔާ ފަންސާސް ދެލާރި) 2016 މެއި 12 ވަނަ ދުވަހުން ފެށިގެން 1 މަސްދުވަހުގެ ތެރޭގައި އެކީ އެއްފަހަރާ ދައްކައި ޚަލާސް ކުރުމަށް ކޮށްފައިވާ ޚުކުމް ތަންފީޒު ކުރުމަށް ޢަލީ ނާޞިރު ހުށަހަޅާފައިވާ ކޮނޑޭ މެޖިސްޓްރޭޓް ކޯޓްގެ ނަންބަރު21/P7C/2016 ޤަޟިއްޔާއާއި ގުޅިގެންނެވެ.
ކޮނޑޭ މެޖިސްޓްރޭޓް ކޯޓްގެ ނަންބަރު 22/P7C/2015 ޤަޟިއްޔާއަކީ ދައުލަތުގެ ފަރާތުން ހައިކޯޓްގެ ދެކުނު ގޮއްޕަށް އިސްތިއުނާފަށް ހުށަހަޅާފައިވާ މައްސަލައެކެވެ.