ކޮނޑޭ ޕްރީސްކޫލްގެ އާރޓް އެގްޒިބިޝަން ބާއްވައިފި
ކޮނޑޭ ޕްރީސްކޫލްގެ ފުރަތަމަ އާރޓް އެގްޒިބިޝަން ބާއްވައިފިއެވެ. ޕްލޭސްކޫލް އާއި ނާސަރީ ދަރިވަރުންގެ ހުނަރު އެއްތަނަކުން ދައްކައިދީ ދަރިވަރުންނަށް ހިތްވަރު ދިނުމުގެ ގޮތުން އިންތިޒާމްކުރި މި އެގްޒިބިޝަން ހުޅުވާދެއްވީ ކޮނޑޭ ސްކޫލްގެ ޕްރިންސިޕަލް ޢަބްދުﷲ ކިނާނަތު ޤާސިމެވެ.
22 ފެބުރުވަރީ 2023 ވަނަ ދުވަހު ކޮނޑޭ ކައުންސިލްގެ ސެމިނަރ ހޯލުގައި ބޭއްވި މިއެގްޒިބިޝަންގައި ދަރިވަރުންގެ މަސައްކަތްތައް ދައްކާލިއެވެ.