ކައުންސިލްގެ ނައިބް ރައީސް ޒިހާން ޢަބްދުﷲ ދީދީ އިސްތިއުފާ ދެއްވައިފި.

2017 ޖަނަވަރީ 14 ވަނަ ދުވަހު ބޭއްވުނު ލޯކަލް ކައުންސިލް އިންތިޙާބް 2017 ގައި ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ ކައުންސިލްގެ 03 ވަނަ ދަޢުރަށް އިންތިޙާބުވެފައިވެ 2017 ޖޫން 03 ވަނަ ދުވަހު މަޤާމްގެ ހުވައި ކުރައްވާފައިވާ ގއ.ކޮނޑޭ ރީޒަން ޒިހާން ޢަބްދުﷲ ދީދީ ކައުންސިލަރު ކަމުގެ މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ.

ކައުންސިލްގެ ނައިބް ރައީސްގެ މަޤާމްވެސް ފުރުވަމުން އަންނަ ޒިހާން ޢަބްދުﷲ ދީދީ އިސްތިއުފާގެ ސިޓީ ފޮނުވާފައިވާއިރު އެސިޓީގައި އިސްތިއުފާ ދެއްވި ސަބަބެއް ބަޔާންކޮށްފައިނުވެއެވެ.

ޒިހާން ޢަބްދުﷲ ދީދީ ކައުންސިލަރުކަމުން އިސްތިއުފާ ދެއްވައި ކައުންސިލް އިދާރާއަށް 2019 ޖަނަވަރީ 07 ވަނަ ދުވަހު ސިޓީ ފޮނުވުމާއި ގުޅިގެން 2019 ޖަނަވަރީ 08 ވަނަ ދުވަހު ބޭއްވުނު ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ ކައުންސިލްގެ 03 ވަނަ ދަޢުރުގެ 83 ވަނަ ބައްދަލުވުމުން ވަނީ ޒިހާން ޢަބްދުﷲ ދީދީ މަޤާމުން ވަކިވެއްޖެ ކަމުގައި ކަނޑައަޅައި ޤަރާރު ފާސްކޮށްފައެވެ.

ޒިހާން ޢަބްދުﷲ ދީދީ ކައުންސިލް މެމްބަރެއްގެ ގޮތުގައި ހުންނެވިއިރު  ކޮށްދެއްވާފައިވާ ޚިދުމަތްތަކަށް ކައުންސިލުން ވަނީ ޝުކުރު ދަންނަވާފަެވެ.

Leave a Reply

Your email address will not be published. Required fields are marked *