2019 ފެބްރުވަރީ މަހުގެ ބައްދަލުވުން ބާއްވައިފި

އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 110 ވަނަ މާއްދާއިން ކޮންމެ އަހަރެއްގެ ފެބްރުވަރީ މަހު ރައްޔިތުންނާއެކު ބޭއްވުމަށް ލާޒިމްކޮށްފައިވާ ބައްދަލުވުން ބާއްވައިފިއެވެ.

މިބައްދަލުވުން ބާއްވާފައިވަނީ 2018 ފެބްރުވަރީ 14 ވަނަ ދުވަހުގެރޭ 21:00 ގައި ކޮނޑޭ ކައުންސިލް އިދާރާ ހޯލްގައެވެ.

މިބައްދަލުވުމުގައި ކައުންސިލުން 2018 ވަނަ އަހަރު ކޮށްފައިވާ މަސައްކަތްތަކުގެ ތަފްޞީލާއި، 2019 ވަނަ އަހަރު ކުރުމަށް ރާވާފައިވާ މަސައްކަތްތަކާއި، ކައުންސިލްގެ މާލީ ހިސާބްތަކާއި، ކައުންސިލުން އެކުލަވާލައި ގެޒެޓްކޮށް އަމަލު ކުރުމަށް ފަށާފައިވާ ޤަވާއިދުތަކުގެ މަޢުލޫމާތު ރައްޔިތުންނާއި ހިއްސާ ކުރުމުގެ އިތުރުން ރައްޔިތުން ސުވާލުތަކަށް ޖަވާބު ދިނުމުގެ ސެޝަންއެއް މިބައްދަލުވުމުގައި ވަނީ ކުރިއަށް ގެންގޮސްފައެވެ.

މިބައްދަލުވުމުގައި ރަށުގެ މުއައްސަސާތަކުގެ ބޭފުޅުންނާއި، ކުލަބު ޖަމްއިއްޔާ ޖަމާޢަތްތަކުގެ ބޭފުޅުންނާއި، ޢާންމު ރައްޔިތުން ހިމެނޭ ގޮތަށް 19 ފަރާތަކުން ވަނީ ބައިވެރިވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *