ކައުންސިލް ނައިބް ރައިސްކަމުގެ މަޤާމަށް މުޙައްމަދު ސުރާޤަތު ޤާސިމް އިންތިޙާބްކޮށްފި.

2019 ފެބްރުއަރީ 14 ވަނަ ދުވަހު ބޭއްވުނު ކައުންސިލްގެ 03 ވަނަ ދައުރުގެ 88 ވަނަ ބައްދަލުވުމުގައި ހުސްވެފައިވާ ކައުންސިލްގެ ނައިބް ރައީސްގެ މަޤާމަށް ކައުންސިލް މެމްބަރ ގއ.ކޮނޑޭ ފެހެލާ މުޙައްމަދު ސުރާޤަތު ޤާސިމް އިންތިޙާބްކޮށްފިއެވެ.

މުޙައްމަދު ސުރާޤަތު ޤާސިމް މިމަޤާމަށް އިންތިޙާބަށް އިންތިޙާބްކޮށްފައިވަނީ ކައުންސިލްގެ ނައިބް ރައިސްކަމުގެ މަޤާމް ފުރުވަމުން ގެންދެވި ގއ.ކޮނޑޭ ރީޒަން ޒިހާން ޢަބްދުﷲ ދީދީ ކައުންސިލް މެމްބަރު ކަމުން 2019 ޖަނަވަރީ 07 ވަނަ ދުވަހު އިސްތިއުފާ ދެއްވުމާއި ގުޅިގެން ނައިބް ރައީސް ކަމުގެ މަޤާމަށް މީހަކު ހޮވުމަށް ބޭއްވި ބައްދަލުވުމުގައި ނެގި ސިއްރު ވޯޓަކުންނެވެ.

2017 ޖަނަވަރީ 14 ވަނަ ދުވަހު ބޭއްވުނު ލޯކަލް ކައުންސިލް އިންތިޙާބް 2017 ގައި ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ ކައުންސިލްގެ 03 ވަނަ ދަޢުރަށް އިންތިޙާބުވެފައިވެ 2017 ޖޫން 03 ވަނަ ދުވަހު މަޤާމްގެ ހުވައި ކުރައްވި 03 ކައުންސިލަރުންގެ ތެރޭގައި ހިމެނޭ ގއ.ކޮނޑޭ ރީޒަން ޒިހާން ޢަބްދުﷲ ދީދީ ކައުންސިލަރު ކަމުގެ މަޤާމުން އިސްތިއުފާ ދެއްވުމުން މިވަގުތު ތިއްބެވީ 02 ކައުންސިލަރުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *