މުވައްޒަފުނަށް އައު ކައުންސިލް އިދާރާއަށް މަރުޙަބާކިޔައިފި

ކޮނޑޭ ކައުންސިލްގެ އައު އިދާރާގައި ޚިދުމަތް ދޭން ފެށުމާއި ގުޅިގެން ރަށުގެ ހުރިހާ މުއައްސަސާތަކުގެ މުވައްޒަފުންނަށާއި ކައުންސިލްގެ އިދާރާގެ މުވައްޒަފުންނަށް އައު އިދާރާއިން މަރުޙަބާ ކިޔުމުގެ ހެނދުނުގެ ޚާއްސަ ނާސްތާއެއް ބާއްވައިފިއެވެ.

ކައުންސިލްގެ އިދާރާއިން އިންތިޒާމްކޮށް ކައުންސިލްގެ އައު އިދާރާގައި 21 ޖޫން 2022ވަނަ ދުވަހުގެ ހެނދުނު ބޭއްވި މި ނާސްތާގައި ރަށުގައި ހުރި ދައުލަތުގެ ހުރިހާ މުއައްސަސާތަކުގެ ވެރިންނާއި މުވައްޒަފުން ބައިވެރިވިއެވެ.

މިފަދަ ނާސްތާއެއް ބޭއްވުމަކީ ކުރިޔަށް އޮތްތަނުގައި ވެސް މިހާރެކޭ އެއްގޮތަށް ރަށުގެ މުއައްސަސާތަކާއި އެކު ކައުންސިލުން ރަނގަޅު ގާތްގުޅުމެއް ބޭއްވުމެވެ. ގުޅިގެން ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ރަށުގެ ހުރިހާ މުއައްސަސާތަކުގެ މެދުގައި މިހާރުވެސް ވަރަށް ފުރިހަމަ ގުޅުމެއް  އޮވެއެވެ.

ކޮނޑޭ ކައުންސިލުގެ އެންމެ ބޮޑު އަމާޒަކީ ރައްޔިތުންނާއި ގާތުން ފުިރހަމަ ފެންވަރު ރަނގަޅު ޚިދުމަތެއް ދިނުމެވެ. އަދި ރަށުގެ ކުރިއެރުމާއި ތަރައްޤީގައި ރައްޔިތުންނާއި މުއައްސަސާތައް ބައިވެރި ކުރުމުވެ.

Leave a Reply

Your email address will not be published. Required fields are marked *