ގއ.އަތޮޅޮކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް އާއި ނިލަންދޫ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް ކޮނޑެޔަށް ޒިޔާރަތްކޮށްފި

ކޮނޑޭ ކައުންސިލުން އިއުލާންކުރި އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވް ކަމުގެ މަޤާމުގެ އިންޓަރވިއު ޕެނަލްގައި ބައިވެރިވުމަށް ގއ.އަތޮޅުކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު ފަތުހީ އާއި ނިލަންދޫ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް ހާމިދު އިސްމާއީލް ކޮނޑެޔަށް ޒިޔާރަތް ކޮށްފިއެވެ.

ދެ ސެކްރެޓަރީ ޖެނެރަލުންނާއިއެކު މި ޒިޔާރަތުގައި ދާންދޫ ކައުންސިލްގެ ރައީސް މުހައްމަދު އާސިފް އާއި ކައުންސިލަރ އަޙްމަދު އިބްރާހިމް ވެސް ބައިވެރިވި އެވެ.

މި ޒިޔާރަތުގެ ބައިވެރިން ކޮނޑޭ ކައުންސިލްގެ އިދާރާ އާއި ކޮނޑޭ ޕްރީސްކޫލަށް ޒިޔާރަތްކޮށް  މިދުވަސްވަރު ހިނގާ މަސައްކަތްތަކުގެ މައުލޫމާތު ހޯދިއެވެ. ކޮނޑޭ ޕްރީސްކޫލް ހިންގުމަށް ކައުންސިލުން ކޮށްފައިވާ އިންތިޒާމްތަކާއި ކިޔަވައިދިނުން ކުރިޔަށްދާގޮތް ވެސް އޮޅުފިލުވައި މައުލޫމާތު ހޯދިއެވެ. ކޮނޑޭ ޕްރީސްކޫލް ޤާއިމްކުރުމަށް ކައުންސިލުން ކޮށްފައިވާ ފަންނީ އަދި އިދާރީ މަސައްކަތްތަކަށް އަތޮޅުކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް އާއި ޓީމުން ތައުރީފު ކުރިއެވެ.

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *