އެން.ޑީ.އޭ.އިން ކައުންސިލާއި ބައްދަލުކޮށްފި

ނޭޝަނަލް ޑްރަގް އޭޖެންސީން ކޮނޑޭ ކައުންސިލާއި ބައްދަލުކޮށްފިއެވެ.7 މާރިޗް 2023 ވަނަ ދުވަހުގެ 17:30ގައި ކައުންސިލްގެ އިދާރާގެ ސެމިނަރ ހޯލުގައި އޮތް މިބައްދަލުވުމުގައި އެ އެޖެންސީގެ ސީ.އީ.އޯ ޢިމާދު ސޯލިހް އާއި އެއެޖެންސީގެ އިސްވެރިންނާއި ގއ.ދަގެނާގައި މަސައްކަތްކުރާ އެދާއިރާގެ ފަންނީ މުވައްޒަފުން ބައިވެރިވިއެވެ.

މިބައްދަލުވުމުގައި ކައުންސިލްގެ ރައީސް އަޙްމަދު ޢަބްދުލްޙަކީމާއި ކައުންސިލަރ މުޙައްމަދު ސުރާޤަތު ޤާސިމް އާއި ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް ބައިވެރިވިއެވެ.

ނޭޝަނަލް ޑްރަގް އެޖެންސީން މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު ކައުންސިލާއި ހިއްސާ ކުރެއްވިއެވެ.

ކޮނޑޭގެ ޒުވާނުންނާއި ރައްޔިތުން މަސްތުވާތަކެތިން ރައްކާތެރިކުރުމަށް ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމް ހިންގުމަށް، މިހާރު އެ އެޖެންސީން ގއ.އަތޮޅުގައި ފަރުވާގެ ޕްރޮގްރާމް ހިންގައި ދިނުމަށް ރަށްރަށުގެ ސިއްހީ މަރުކަޒުތަކުން އެޚިދުމަތްދޭން ފެންނަކަމަށް ކައުންސިލުން އެއެޖެންސީއަށް ހުށަހެޅިއެވެ.

Leave a Reply

Your email address will not be published. Required fields are marked *