ކައުންސިލްގެ ސެކްރެޓަރީޖެނެރަލް އިސްތިއުފާ ދެއްވައިފި

ކޮނޑޭ ކައުންސިލްގެ ސެކްރެޓަރީޖެނެރަލް މަޤާމުން ޙުސައިން އާދަމް އިސްތިއުފާ ދެއްވައިފިއެވެ. އެމަޤާމުގައި އޭނާ 1 އަހަރާއި 22 ދުވަހު ޚިދުމަތް ކުރައްވާފައިވެއެވެ.

5 މާރިޗް 2023 ގައި ކައުންސިލްގެ ރައީސަށް ފޮނުއްވި ސިޓީގައި، ރައީސުލްޖުމްހޫރިއްޔާ އައްޔަނު ކުރައްވާ މަޤާމަކަށް ބަދަލުވުމަށް 8 މާރިޗް 2023ން ފެށިގެން ސެކްރެޓަރީޖެނެރަލްކަމުގެ މަޤާމުން އިސްތިއުފާ ދެއްވަން ބޭނުންވާކަމަށް ބަޔާންކޮށްފައިވެއެވެ.

ކޮނޑޭ ކައުންސިލްގެ ސެކްރެޓަރީޖެނެރަލްކަމުގެ މަޤާމާ ހަވާލުވުމުގެ ކުރިން އަތޮޅުގެ އިދާރީ ހިންގުމުގެ ދާއިރާއާއި ތަޢުލީމީ ދާއިރާގައި އޭނާ ޚިދުމަތް ކުރައްވާފައިވެއެވެ. ގއ.އަތޮޅު ތަޢުލީމީ މަރުކަޒާއި ދާންދޫ ސްކޫލުގެ ޕްރިންސިޕަލްކަމުގެ އިތުރުން ގއ.އަތޮޅުކައުންސިލްގެ ރަޢީސްކަމުގެ ދަޢުރަކާއި ގއ.އތޮޅުކައުންސިލަރ ކަމުގެ ދަޢުރެއް ފުރިހަމަ ކުރައްވާފައިވެއެވެ.

ކޮނޑޭ ކައުންސިލްގެ ސެކްރެޓަރީޖެނެރަލްކަމާ އޭނާ ހަވާލުވީ 13 ފެބުރުވަރީ 2022ގައެވެ.

Leave a Reply

Your email address will not be published. Required fields are marked *