ކޮންމެ އަންހެނަކަށް ޗޮކްލެޓެއް ދީފި

ބައިނަލްއަގުވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކޮނޑޭ ކައުންސިލާއި ކޮނޑޭ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން ހިންގާ ހަރަކާތްތަކުގެ ތެރެއިން ރަށުގައި ދިރިއުޅޭ 18 އަހަރުންމަތީގެ ކޮންމެ ކަނބަލަކަށް ޗޮކްލެޓެއް ދީފިއެވެ.

ރަށުގައި މިވަގުތު ދިރިއުޅޭ 94 ކަނބަލުންނަށް ޗޮކްލެޓް ހަވާލުރެއްވީ ކައުންސިލަރުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރުންގެ އިތުރުން ކައުންސިލް އިދާރާގެ މުވައްޒަފުންނެވެ.

މިއަހަރުގެ ބައިނަލްއަގުވާމީ އަންހެނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ދުވަހުގެ ކޭކުފެޅުމާއި، އަންހެނުންގެ ވޮލީމުބާރާތެއްގެ އިތުރަށް ރަށުގެ 18އަހަރުންމަތީގެ ދެޖިންސުގެ ރައްޔިތުންނަށް ޚާއްޞަ ހޭލުންތެރި ކުރުމުގެ ޕްރޮގްރާމެއް ހިންގުމަށް ވަނީރާވާފައެވެ.

 

Leave a Reply

Your email address will not be published. Required fields are marked *