އަންހުންގެ ދުވަސް ކުލަގަދަކޮށް ފާހަގަ ކޮށްފި.

ބައިނަލްއަޤުވާމީ އަންހެނުންގެ ދުވަސް 08 މާރިޗު 2023 ކުލަގަދަކޮށް ފާހަގަ ކުރުމަށް ކައުންސިލުން ވަނީ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ.

މިގޮތުން ކައުންސިލުން ކުރިއަށް ގެންގޮސްފައިވާ ހަރަކާތްތަކުގެ ތެރޭގައި ކޮނޑޭގައި ދިރިއުޅޭ 18  އަހަރުން މަތީގެ ކޮންމެ އަންހެން ކަނބަލަކަށް ހަދިޔާއެއް ދިނުމާއި، ދުވަހާއި ގުޅިގެން ކޭކްފެޅުމުގެ ރަސްމިއްޔާތެއް މެންދުރުގެ ޖާފަތަކާއިއެކު ކުރިއަށް ގެންދިއުމާއި، ކޮނޑޭގެ މުޢައްސަސާތަކަށް ހުޅުވާލައިގެން އަންހެން ކަނބަލުންނަށް ޚާއްސަކޮށްގެން ވޮލީ މުބާރާތެއް ބޭއްވުމުގެ އިތުރުން ރަށުގެ ޢާންމުން ހޭލުންތެރި ކުރުމަށް އިޖުތިމާއީ ހޭލުންތެރިކަން އިތުރު ކުރުމަށް ހޭލުންތެރިކަމުގެ ޕްރޮގްރާމެއް ހިންގުން ހިމެނެއެވެ.

ރަށުގެ އަންހެން ކަނބަލުންނަށް ހަދިޔާ ދިނުން ކުރިއަށް ގެންގޮސްފައިވަނީ ކޮނޑޭ އ.ތ.މ ކޮމިޓީއާއި ކައުންސިލާއި ގުޅިގެންނެވެ. މިގޮތުން އަންހެނުންގެ ދުވަހުގެ ހެނދުނު 9:00 އިން 11:00 ފެށިގެން ހަދިޔާ ދިނުމުގެ އ.ތ.މ ކޮމިޓީގެ މެމްބަރުންނާއި، ކައުންސިލް މެމްބަރުން ވަނީ ރަށުގެ ގެތަކަށް ޒިޔާރަތް ކޮށްފައެވެ. މިހަދިޔާ ދިނުމުގެ ހަރަކާތުގައި ދީފައިވަނީ ރަށުގެ 18 އަހަރުން މަތީގެ ކޮންމެ އަންހެން ކަނބަލަކަށް ޗޮކްލެޓެކެވެ.

ކޭކްފެޅުމުގެ ހަރަކާތާއި، މެންދުރުގެ ޖާފަތް ކުރިއަށް ގެންގޮސްފައިވަނީ އަންހެނުންގެ ދުވަހުގު މެންދުރު 14:00 ގައި ކޮނޑޭ ލައިމް ބީޗްގައެވެ. މިހަރަކާތުގައި ކައުންސިލާއި، ކޮނޑޭ އ.ތ.މ ކޮމިތީގެ މެމްބަރުންނާއި، ކޮނޑޭގެ ހުރިހާ މުއައްސަސާއެއް މުވައްޒަފުންގެ އިތުރުން ވަރަށް ގިނަ އަންހެން ކަނބަލުންވަނީ ބައިވެރިވެފައެވެ. މިހަރަކާތުގެ ތެރެއިން ފަޅާފައިވާ ދުވަހުގެ ތީމާއި ގުޅޭ ކޭކަކީ ޕާކްހައިތް މޯލްޑިވްސް ހަނޑަހާއިން ކޮނޑޭގެ އަންހެން ކަނބަލުންނަށް ހަދިޔާ ކޮށްފައިވާ ކޭކެކެވެ.

އަންހެނުންގެ ދުވަހުގެ ޚާއްސަ ވޮލީ މުބާރާތް ކުރިއަސް ގެންގޮސްފައިވަނީ މާރިޗު 08 އިން 12 އަށް ފެނަކަ ކޯޕަރޭޝަން ކޮނޑޭ ބުރާންޗުގެ ވޮލީ ދަނޑުގައެވެ. މިމުބާރާތުގައި ބައިވެރި ވެފައިވަނީ ކޮނޑޭ ކައުންސިލާއި، ކޮނޑޭ ސްކޫލްގެ އިތުރުން ކޮނޑޭ ހެލްތް ސެންޓަރުންނެވެ. 12 މާރިޗު 2022 ވަނަ ދުވަހު ކުރިއަށް ގެންދެވުނު މިމުބާރާތުގެ ފައިނަލްގައި ބައްދަލު ކޮށްފައިވަނީ ކޮނޑޭ ސްކޫލާއި، ކޮނޑޭ ހެލްތް ސެންޓަރުންނެވެ. މިމެޗުގައި ކޮނޑޭ ސްކޫލާއި ވާދަކޮށް 3 ސެޓް 1 ސެޓުން މެޗު ކާމިޔާބުކޮށް ޗެންޕިއަންކަން ހޯދާފައިވަނީ ކޮނޑޭ ހެލްތް ސެންޓަރުގެ ޓީމުންނެވެ. މިމުބާރާތުގެ ޑްރީމް ޓީމުގައި ކޮނޑޭ ހެލްތް ސެންޓަރުގެ ފާޠިމަތު ޖަމްޝާދާ ރާމިޒުއާއި އެޓީމުގެ އާމިނަތު ނިހާ ޙަސަންގެ އިތުރުން ކޮނޑޭ ސްކޫލްގެ ފާޠިމަތު ނާދިޔާއާއި، ޖަންނަތު ރާމިޒުއާއި މަރިޔަމް ކައުސަރު ރާމިޒުގެ އިތުރުން އެޓީމްގެ ޢާއިޝަތު ސަޖުމަން ސަޢީދުއެވެ. މިމުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ކޮނޑޭ ހެލްތް ސެންޓަރުގެ ފާޠިމަތު ޖަމްޝާދާ ރާމިޒުއެވެ. އަދި އެންމެ އުއްމީދީ ކުޅުންތެރިއަކަށް ކޮނޑޭ ސްކޫލްގެ މަރްޔަމް ޝުހާނާއި ހޮވިފައިވާއިރު ފެއަރޕްލޭ ކުޅުންތެރިއަކަށް ހޮވިފައިވަނީ ހެލްތް ސެންޓަރުގެ ރާފިއާ ޙަސަންއެވެ. މީގެ އިތުރުން ފެއަރ ޕްލޭ ޓީމަކަށް ހޮވިފައިވަނީ  ކޮނޑޭ ކައުންސިލެވެ.

އަންހެނުންގެ ދުވަހުގެ ޚާއްސަ ހަރަކާތެއްގެ ގޮތުގައި ކުރިއަށް ގެންދިއަ އިޖުތިމާއީ ހޭލުންތެރިކަމުގެ ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ 2 ބަޔަކަށް ބަހާލައިގެންނެވެ. މިގޮތުން ފުރަތަމަ ސެޝަން 10 މާރިޗު 2023 ވަނަ ދުވަހުގެ ހަވީރު 16:00 އިން 18:00 އަށް ކޮނޑޭ ސްކޫލްގެ ބެލެނިވެރިންނަށް ޚާއްސަ ކޮށްގެން “ޒިންމާދާރު ބެލެނިވެރިން” މިމައުޟޫގައި ކުރިއަށް ގެންދެވުނު އިރު ދެވަނަ ސެޝަން ކުރިއަށް ގެންގޮސްފައިވަނީ  10 މާރިޗު 2023 ވަނަ ދުވަހުގެ ރޭ 20:00 އިން 22:00 އަށް އަދި 11 މާރިޗު 2023 ވަނަ ދުވަހުގެ ހެނދުނު 8:00 އިން 11:00 އަށް 18 އަހަރުން މަތީގެ ދެޖިންސްގެ ފަރާތްތަކަށް ހުޅުވާލައިގެން “ޢިޖުތިމާއީ ހޭލުންތެރިކަން މުޖުތަމަޢުގެ ދުޅަހެޔޮކަން” މިމައުޟޫގައެވެ. މިއެވެއަރނެސް ސެޝަންތައް ހިލޭސާބަހަށް ކުރިއަށް ގެންގޮސްފައިވަނީ އިމޯޝަނަލް އިންޓެލިޖެންސް ކޯޗް އަދި އެވެއަރނެސް ޓްރެއިނަރ އިބްރާޙީމް ރަޝީދުއެވެ.

Leave a Reply

Your email address will not be published. Required fields are marked *