މިއަދަކީ ކޮނޑޭގެ 43 ވަނަ އަހަރީ ދުވަސް

މިއަދަކީ ކޮނޑޭގެ 43 ވަނަ އަހަރީ ދުވަހެވެ.
ކޮނޑޭގެ ރައްޔިތުން އަހަރީ ދުވަހުގެ ގޮތުގައި ފާހަގަކުރާ މިދުވަހަކީ ކުރީގެ ރައީސް އަލްމަރުޙޫމް އިބްރާޙީމް ނާޞިރުގެ ވެރިކަމުގައި އޮތް އެއްފަސް ކުރުމުގެ ސިޔާސަތުގެ ދަށުން ކޮނޑޭ ރައްޔިތުން ގއ.ދާންދޫއަށް ބަދަލު ކުރުމަށްފަހު އަލުން ކޮނޑޭގައި ވަޒަންވެރިވިވުމުގެ ހުއްދަލިބި ކޮނޑޭއަށް ބަދަލުވި ދުވަހެވެ.
ކޮނޑޭ ރައްޔިތުން ގއ.ދާންދޫއަށް ބަދަލުކޮށްފައިވަނީ 1970 ވަނަ އަހަރުގެ ތެރޭގައެވެ. އަދި އެއައްފަހު ކޮނޑޭގެ ރައްޔިތުން ތަކެއްގެ ކުރި ބުރަ މަސައްކަތުން ކޮނޑޭގެ ރައްޔިތުން ސަރުކާރުގެ އެއްވެސް އެހީއެއް ނެތް ގޮތަށް ކޮނޑޭއަށް ބަދަލުވުމުގެ ހުއްދަ 1975 އެޕްރީލް 12 ވަނަ ދުވަހު އޭރުގެ ރައީސް އަލްމަރުޙޫމް އިބްރާޙީމް ނާޞިރު ދެއްވިއެވެ.
ގއ.ކޮނޑޭގެ ރައްޔިތުން ވަނީ ގއ.ދާންދޫގައި 5 އަހަރު ހޭދަކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *