ކައުންސިލްގެ ވަފުދުން ހޯމް މިނިސްޓަރާ ބައްދަލުކޮށްފި

މިހާރު މާލެ ކުރަމުންދާ ޒިޔާރަތުގައި ކައުންސިލްގެ ވަފުދުން މިނިސްޓަރ އޮފް ހޯމް އެފެއަރޒް އިމްރާން ޢަބްދުﷲ އާއި ބައްދަލުކޮށްފިއެވެ.

މެއި 18 ވަނަ ދުވަހު މިނިސްޓްރީ އޮފް ހޯމް އެފެއަރޒް ގައި އޮތް މިބައްދަލުވުމުގައި ރަށުގައި ފުލުހުންގެ ޚިދުމަތް ދިނުމަށް މަށް ކައުންސިލުން ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު ކައުންސިލްގެ ވަފުދުން މިނިސްޓަރާ ހިއްސާކުރި އެވެ.

މި މަސައްކަތުގައި ހޯމްމިނިސްޓްރީ އިން ކައުންސިލާއެކު ވަރަށް ގާތުން މަސައްކަތް ކުރައްވާނެ ކަމަށާއި ކައުންސިލުން އެދޭގޮތަށް ފުލުހުންނަށް ބޭނުންވާނެ ވަޞީލަތްތައް ކޮނޑޭގައި ޤާއިމުކޮށްދެއްވާނެ ކަމުގެ ޔަޤީންކަން މިނިސްޓަރ ކައުންސިލްގެ ވަފުދަށް އެރުވިއެވެ.

ކައުންސިލްގެ ވަފުދުގައި ކޮނޑޭގެ މުއައްސަސާތަކުގެ ވެރިންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސާ ހިމެނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *