ކައުންސިލްގެ އިދާރާ އާއި އަލަށް ގުޅުނު މުވައްޒަފަށް މަރުހަބާކިޔައިފި

ކޮނޑޭ ކައުންސިލް އިދާރާގެ ކައުންސިލް އެސިސްޓެންޓު ކަމުގެ މަޤާމާ އަލަށް ގުޅުނު އަލްފާޟިލާ ޒުހައިރާ ޢަބްދުލް ޣަފޫރަށް ކައުންސިލުން މަރުހަބާކިޔައިފިއެވެ. 22 ޑިސެންބަރު 2022ވަނަ ދުވަހުގެ ހެނދުނު ކައުންސިލް އިދާރާގައި އޮތް ބައްދަލުވުމުގައި ޒުހައިރާއަށް މަރުހަބާ ކިޔުއްވީ ކައުންސިލްގެ ރަޢީސް އަޙްމަދު ޢަބްދުލް ޙަކީމާއި، ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް ޙުސައިން އާދަމެވެ. މި ބައްދަލުވުމުގައި ކައުންސިލަރ މުޙައްމަދު ސުރާޤަތު ޤާސިމް އާއި ކައުންސިލުގެ އިދާރީ މުވައްޒަފުން ބައިވެރިވިއެވެ.
މި ބައްދަލުވުމުގައި ކައުންސިލް އިދާރާގެ މުވައްޒަފުންނާއި މުވައްޒަފުންގެ މަސައްކަތްތައް ޒުހައިރާއަށް ތަޢާރަފުކުރެވުނެވެ.
މިބައްދަލުވުމުގައި ހުރިހާ މުވައްޒަފުން ގުޅިގެން އެއްރޫހެއްގައި ކައުންސިލްގެ ލަނޑުދަނޑިތަކާއި މަޤުޞަދުތައް ހާޞިލުކުރުމަށް މަސައްކަތް ކުރުމަށް ކައުންސިލްގެ ރަޢީސް އެދިލެއްވިއެވެ. މަސައްކަތުގެ ފެންވަރު މަތިކޮށް ދުވަހުން ދުވަހަށް ނިންމުމަށާއި، ތިމާގެ ސިއްހަތަށާއި ރައްކާތެރިކަމަށް ބަލައިގެން މަސައްކަތް ކުރުަމަށް މުވައްޒަފުންނަށް ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް ހަނދާންކޮށްދިނެވެ.
މިހާރު ކޮނޑޭ ކައުންސިލްގެ އިދާރާގައި ސެކްރެޓަރީ ޖެނެރަލްގެ އިތުރުން، އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވް އަކާއި 3 އެސިސްޓެންޓް ކައުންސިލް އޮފިސަރުންނާއި 5 ކައުންސިލް އެސިސްޓޭންޓުންގެ އިތުރުން ޑްރައިވަރަކު ވަޒީފާ އަދާކުރެއެވެ.

Leave a Reply

Your email address will not be published. Required fields are marked *