މިސްކިތަށް އެއަރކޮންޑިޝަނަރ ހަދިޔާކޮށްފި

ކޮނޑޭ މަސްޖިދުލް ނަޖާޙް އަށް އެއަރކޮންޑިޝަނަރތައް ހަދިޔާކޮށްފިއެވެ. ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ “ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ”ގެ ދަށުން މިސްކިތަށް ހަދިޔާކުރި 24000 ބީ.ޓީ.ޔޫގެ 6 އެއަރކޮންޑިޝަނަރ ކައުންސިލާއި ހަވާލުކުރީ ކައުންސިލްގެ އިދާރާގައި 9 ޖަނަވަރީ 2023 ވަނަ ދުވަހު އޮތް ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

އެއަރ ކޮންޑިޝަރތައް ކައުންސިލާއި ހަވާލުކުރެއްވީ ކޮނޑޭ ފެނަކަ ބްރާންޗްގެ މެނޭޖަރ މޫސާ އަޙްމަދެވެ. ކައުންސިލުން ހަވާލުވެވަޑައިގެންނެވީ ކައުންސިލްގެ ރަޢީސް އަޙްމަދުޢަބްދުލްޙަކީމް އާއި ކައުންސިލްގެ ނާއިބް ރަޢީސް ނަޞްރު މުޙައްމަދު ދީދީ އެވެ. މި ރަސްމިއްޔާތުގައި ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ކޮނޑޭ ކައުންސިލަށް ދެއްވާ ފަންނީ އަދި ތަކެތީގެ އެހީތެރިކަން ފާހަގަކޮށް ކައުންސިލުން ޝުކުރު ޢަދާކުރެއްވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *