މާގަސް އިންދުމުގެ ޕްރޮގްރާމް ހިންގައިފި
މިއަހަރުގެ ލާމަރުކަޒީ ދުވަސް ފާހަގަކުރުމަށް، މާގަސް އިންދުމުގެ ޕްރޮގްރާމް 3 މާރިޗް 2023 ވަނަ ދުވަހު ހިންގައިފިއެވެ.
ކޮނޑޭގެ މުއައްސަސާތަކުގެ މުވައްޒަފުން ހަދިޔާކުރި މާގަސްތައް އިންދާފައިވަނީ ރަށުގެ ލައިމްބީޗް ކުރިމަތިން މުޙައްމަދު އަމީންމަގުގެ ދެފަރާތުގައެވެ. މި ޕްރޮގްރާމްގައި ކޮނޑޭސްކޫލް، ކޮނޑޭ ސިއްޙީމަރުކަޒު، ކޮނޑޭ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރުންގެ އިތުރުން ކޮނޑޭ ކައުންސިލްގެ މުވައްޒަފުން މާގަސް އިންދިއެވެ.މިއަހަރުގެ ލާމަރުކަޒީ ދުވަސް ފާހަގަ ކުރަން ކޮނޑޭ ކައުންސިލުން ވަނީ ގިނަ ހަރަކާތްތަކެއް ހިންގާފައެވެ. މި ހަރަކާތްތަކުގައި ކޮނޑޭގެ މުއައްސަސާތަކުން ވަނީ ވަރަށް ފުރިހަމައަށް ބައިވެރިވެފައެވެ.