ކައުންސިލްގެ ޕްރޮގްރާމްތަކަށް ފަންނީލަފާ ހޯދައިފި

ކޮނޑޭ ކައުންސިލުން 2023 ވަނަ އަހަރު ހިންގުމަށް އަހަރީ ހަރަކާތްތަކުގައި ހިމަނާފައިވާ ބައެއް ޕްރޮގްރާމްތަކާއި ގުޅޭގޮތުން ރަށުގެ ފަންނީމީހުންނާއި މަސައްކަތުގެ ތަޖުރިބާހުރި ފަރާތްތަކާ މަޝްވަރާކޮށް ލަފާހޯދައިފިއެވެ.

7 މާރިޗް 2023 ވަނަ ދުވަހުގެ 13:00ގައި ކައުންސިލްގެ އިދާރާގެ ސެމިނަރ ހޯލުގައި ބޭއްވި މިއްބައްދުވުމުގައި ރަށުގެ ލައިމްބީޗްގައި ހިޔަލެއް އިމާރާތް ކުރުމަށް ކޮންސެޕްޓް ޑިޒައިންކުރުމާއި ތަން އިމާރާތްކުރުމުގައި ހިމަނަންޖެހޭ ކަންކަމާއި ތަނުން ލިބެން ހުންނާނެ ވަސީލަތްތަކާއި ބެހޭގޮތުން މަޝްވަރާކޮށް ލަފާހޯދިއެވެ.

މީގެއިތުރުން ރަށުގެ ބަނދަރު ސަރަހައްދުގައި މަސްކަނޑާނެ ތަނެއް ތަރައްގީ ކުރުމަށް ބޭނުންވާނޭ ޚިޔާލާއި މަޝްވަރާވެސް މިބައްލުވުމުގައި ބައިވެރިވި ފަންނުވެރިންނާއި އެދާއިރާތަކުގެ ތަޖުރިބާހުރި ފަރާތްތަކުން ހޯދިއެވެ.

ކައުންސިލުން ބޭނުންވަނީ ރަށުގެ ގިނަބައެއްގެ ވިސްނުމާއި ޚިޔާލާއި މަޝްވަރާ، ރަށުގެ އިޖުމާޢީ އަދި އުމްރާނީ ތަރައްގީގެ ޕްރޮގްރާމްތަކާއި މަޝްރޫއުތަކުގައި ހޯދައިގެން ރަށުގެ ތަރައްޤީގެ ޕްލޭންގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލްކުރުމަށް ގުޅިގެން މަސައްކަތް ކުރުމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *