ޒުވާނުންގެ ދުވަސް ފާހަގަ ކޮށްފި.

ގިނަ ހަރަކާތް ތަކަކާއި އެކީ ކޮނޑޭ ކައުންސިލް އިން އިސްނަގައިގެން ޤައުމީ ޒުވާނުންގެ ދުވަސް ކުލަގަދަކޮށް ފާހަގަ ކޮށްފިއެވެ.
އެގޮތުން ޒުވާނުންގެ ދުވަހަށް ހާއްސަ ކޮށް އަންހެނުންގެ ވޮލީ މެޗް އެއް ވަނީ ކުރިއަށް ގެން ގޮސްފައެވެ. މި މެޗް ކުރިއަށް ގެންގޮސްފައިވަނީ ކޮނޑޭ 30 އަހަރުން މަތީ އަންހެން ކަނބަލުނުންނާއި އަދި 30 އަހަރުން ދަށުގެ އަންހެން ކަނބަލުންގެ މެދުގައެވެ. ފޯރިގަދަ ކުޅުމަކަށްފަހު ތިން ސެޓް އެއްސެޓުން މި މެޗް ކާމިޔާބް ކޮށްފައިވަނީ 30 އަހަރުން މަތީ އަންހެން ކަނބަލުންނެވެ.

މީގެ އިތުރުން އަންހެނުންގެ ވޮލީ މެޗް ނިންމާލުމަށްފަހު ދުވަހާގުޅިގެން ހެނދުނުގެ ނާސްތާ އެއް ލައިމް ބީޗް ގައި ވަނީ ކުރިއަށް ގެންގޮސްފައެވެ. ހެނދުނު މި ނާސްތާގައި ގިނަ އަދަދެއްގެ ޒުވާނުން ވަނީ ބައިވެރިވެފައެވެ.

މީގެ އިތުރުން ކޮނޑޭ ސްކޫލް ކުރިމަތިން ފެށިގެން މަގު ދެކޮނުކޮޅަށް މުހައްމަދު އަމީން މަގުގައި، ހަވީރު 16:00 އިން ފެށިގެން 17:00 އަށް ދިގު ދުވުމެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތުގައި ކޮނޑޭ ގެ ގިނަ އަދަދެއްގެ ޒުވާން އަންހެން ކުދިން ނާއި ޒުވާން ފިރިހެން ކުދިން އަދި ކޮނޑޭ ސްކޫލް ގެ ދަރިވަރުން ވެސް ވަނީ ބައިވެރި ވެފައެވެ. މި ހަރަކާތް ނިންމާލުމަށްފަހު ބައިވެރިންނަށް ޙާއްސަކޮށްގެން ބޭއްވުނު ސަޔެއް ވަނީ މުހައްމަދު އަމީނު މަގުގެ ކޮޅުގައި ކުރިއަށް ގެންގޮސް ފައެވެ.
އަދި މީގެ އިތުރުން 20:00 އިން ފެށިގެން ފެނަކަ ވޮލީ ދަނޑު ގައި ފިރިހެނުންގެ ވޮލީ މެޗް އެއް 30 އަހަރުން މަތީ ފިރިހެން ބޭފުޅުން އަދި 30 އަހަރުން ދަށުގެ ފިރިހެން ބޭފުޅުންގެ މެދުގައި ވަނީ ކުރިއަށް ގެންގޮސް ފައެވެ. ފޯރިގަދަ ކުޅުމަކަށްފަހު މި މެޗް ކާމިޔާބު ކޮށްފައިވަނީ 30 އަހަރުން މަތީ ފިރިހެން ބޭފުޅުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *