މިނިވަން ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފި
ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި، ގއ. ކޮނޑޭ ކައުންސިލް އިދާރާގައި ދިދަ ނެގުމުގެ ޚާއްޞަ ރަސްމިއްޔާތެއް މިއަދު ބާއްވައިފިއެވެ.
މިއަދު ހެނދުނު ކޮނޑޭ ކައުންސިލް އިދާރާގެ ގޯތިތެރޭގައި ބޭއްވި މި ރަސްމިއްޔާތުގައި، ދިވެހިރާއްޖޭގެ ގައުމީ ދިދަ ނަންގަވައިދެއްވީ ކައުންސިލްގެ ރައީސް ނަސްރު މުހައްމަދު ދީދީއެވެ.
މި ރަސްމިއްޔާތުގައި ކޮނޑޭ ކައުންސިލް އިދާރާގެ މުވައްޒަފުންނާއި، ރަށުގެ އެކި މުއައްސަސާތަކުގެ އިސްވެރިންނާއި މުވައްޒަފުންގެ އިތުރުން، ރަށުގެ އާންމު ރައްޔިތުން ވަނީ ބައިވެރިވެފައެވެ.
މިނިވަން ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން، މިއަދު ހަވީރު 16:30 ގައި “މިނިވަން ފުޑްފެސްޓް 2026” ނަމުގައި ފުޑް ފެސްޓިވަލެއް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.
