ކައުންސިލް މުވައްޒަފުންނަށް މާލީ ބަޔާން ތައްޔާރުކުރުމުގެ ތަމްރީނެއެއް އޮޑިޓަރ ޖެނެރަލްގެ އޮފީހާ ގުޅިގެން ކުރިއަށް ގެންގޮސްފި

ކައުންސިލްގެ މާލީ ނިޒާމު އިތުރަށް ހަރުދަނާކޮށް، މާލީ ބަޔާންތައް ގަވާއިދާ އެއްގޮތަށް ތައްޔާރުކުރުމުގެ ހުނަރު އިތުރުކުރުމުގެ ގޮތުން ކައުންސިލް މުވައްޒަފުންނަށް ޚާއްޞަ ތަމްރީނު ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

އޮޑިޓަރ ޖެނެރަލްގެ އޮފީހާއި ކައުންސިލް ގުޅިގެން ކުރިއަށް ގެންދިޔަ މި ތަމްރީނު ޕްރޮގްރާމް ކުރިއަށް ގޮސްފައިވަނީ 2026 ސެޕްޓެމްބަރު 1 އިން 3 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި ތަމްރީނު ޕްރޮގްރާމުގެ މައިގަނޑު މަގުސަދަކީ ކައުންސިލްގެ މާލީ ހިސާބުތަކާއި މާލީ ބަޔާންތައް ތައްޔާރުކުރުމުގައި އަމަލުކުރަންޖެހޭ މިންގަނޑުތަކަށް މުވައްޒަފުން އަހުލުވެރިކުރުވުމާއި، މާލީ އިދާރީ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމެވެ. މީގެ އިތުރުން އޮޑިޓް ކުރުމުގައި ބަލާ މުހިންމު ކަންކަމާއި މާލީ ބަޔާންތައް އެކުލަވައިލުމުގައި ސަމާލުކަން ދޭންޖެހޭ ދާއިރާތަކާ ގުޅޭގޮތުން އަގުހުރި މައުލޫމާތުތަކެއް ވަނީ ފޯރުކޮށްދީފައެވެ.

މިފަދަ ތަމްރީނުތަކުގެ ޕްރޮގްރާމަކީ ކައުންސިލްގެ މާލީ ހިންގުން އިތުރަށް ހާމަކަންބޮޑުވެ، ނަތީޖާ ހާސިލުކުރެވޭ މިންވަރު މަތިވެގެންދާނެކަމަށް ބޭނުންތެރި މައުލޫމާތުތަކެއް ކައުންސިލްގެ މުވައްޒަފުންނަށް އެގިގެންދާނެ މުހިއްމު ޕްރޮގްރާމެކެވެ.

Leave a Reply

Your email address will not be published. Required fields are marked *