ދީނީ ނަސޭހަތް ދިނުމުގެ ޕްރޮގްރާމެއް ހިންގައިފި
ރައްޔިތުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކޮށް، ރައްޔިތުންގެ ހިތްތަކުގައި ދީނީ ވާޖިބުތަކާއި ހުކުމް ތަކަށް ލޯބި އިތުރުކުރުމަށް ކޮނޑޭ ކައުންސިލްގެ އިދާރާއާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް ގުޅިގެން ދީނީ ނަސޭހަތް ދިނުމުގެ ޕްރޮގްރާމް ތަކެއް ހިންގައިފިއެވެ.
27 އޭޕްރިލް 2022 ވަނަ ދުވަހުގެ އަޞްރުނަމާދުގެ ފަހުން ދީނީ ނަސޭހަތް ދެއްވީ އައްޝައިޚް މުޙައްމަދު މަންޞޫރު އާދަމް އެވެ. މި ނަސޭހަތުގައި، ކީރިތި ޤުރްއާން ކިޔެވުމާއި ޤުރްއާންގެ މާނައާއި އ ސޫރަތްތައް ބާވައިލެއްވުނު ސަބަބުތައް ދެނެގަތުމުގެ ބޭނުންތެރި ކަން ފާހަގަކުރެއްވިއެވެ.
ސުވަރުގެ ހާސިލު ކުރުމަށް މުސްލިމުން ސަލާމް ޤާއިމް ކުރުމަށާއި، ކާންދިނުން އިތުރުކުރުމަށާއި، ރޭގަނޑު މީސްތަކުން ނިދާފައި ތިބޭވަގުތުގައި ހޭލައި ނަމާދު ކުރުމަށާއި، ރަހިމުގެ ގުޅުން ޤާއިމް ކުރުމަށް ޝެއިޚް ނަސޭހަތްތެރި ވިއެވެ.
މީގެ އިތުރުން ރަށުގެ މުއައްސަސާތަކުގެ ވެރިންނާއި މުވައްޒަފުންނަށް އަމާޒްކޮށްގެން ރަމްޟާންމަހުގެ ޚާއްސަ އިޙްޔާ ފޯރަމެއް ވެސް ކޮނޑޭ ކައުންސިލްގެ އިދާރާގެ ކޮންފަރެންސް ހޯލުގައި ބޭއްވުނެވެ.
މި ފޯރަމްގައި ރަށުގެ ވަރަށްގިނަ އަދަދެއްގެ މުވައްޒަފުންނާއި ރައްޔިތުން ބައިވެރިވި އެވެ .