މިނިވަން ދުވަސް ފާހަގަކުރުމަށް ފުޑް ފެސްޓިވަލެއް ބާއްވައިފި


​ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތާއި ގުޅުވައިގެން ރަށުގެ ފުޓްސަލް ދަނޑު ސަރަހައްދުގައި ޚާއްޞަ ފުޑް ފެސްޓިވަލެއް ބާއްވައިފިއެވެ.
​މިއަދު ހަވީރު 16:30 އިން ފެށިގެން ކުރިއަށްދިޔަ މި ފެސްޓިވަލުގައި ތަފާތު ގިނަ ރަހަތަކާއެކު ޖުމްލަ 8 ސްޓޯލަކުން ވަނީ ބައިވެރިވެފައެވެ.
​މި ހަރަކާތަކީ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައްޔިތުންގެ މެދުގައި އެއްބައިވަންތަކަން އާލާކޮށް، ދިވެހި ކާތަކެތީގެ ރަހަތައް އެކުވެރި މާހައުލެއްގައި ތަޖުރިބާކޮށްލުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ އިތުރުން، ރަށުގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީތެރިވެ އެ ވިޔަފާރިތައް އިތުރަށް ފުޅާކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކުރިއަށްގެންދިޔަ ހަރަކާތެކެވެ.
​ތަފާތު ވައްތަރުގެ ގިނަ ދިވެހި ރަހަތަކެއް ލިބެން ހުރި މި ފެސްޓިވަލަށް އާންމުންގެ ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ.

Leave a Reply

Your email address will not be published. Required fields are marked *