އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ، ކޮނޑޭއަށް ޒިޔާރަތް ކުރައްވައި ކައުންސިލާ ބައްދަލުކުރައްވައިފި

ދިވެހިރާއްޖޭގެ އޮޑިޓަރ ޖެނެރަލް އަލްފާޟިލް ހުސައިން ނިޔާޒީ، ކޮނޑޭއަށް ކުރެއްވި ރަސްމީ ޒިޔާރަތުގެ ތެރެއިން ކައުންސިލާއެކު ބައްދަލުވުމެއް ބާއްވަވައިފިއެވެ.

އޮޑިޓަރ ޖެނެރަލްގެ މި ޒިޔާރަތަކީ އޮޑިޓަރ ޖެނެރަލް އޮފީހުގެ ސަދަން ރީޖަނަލް އޮފީހުން ކައުންސިލްގެ މާލީ ބަޔާން ތައްޔާރު ކުރުމަށް ބޭނުންވާ ފަންނީ ލަފަޔާއި، ތަމްރީނު ދިނުމުގެ ކުރާ ދަތުރުގައި ބައިވެރިވެ ވަޑައިގެން ކުރައްވާ ދަތުރުފުޅެކެވެ.
​މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ކައުންސިލްގެ މާލީ ކަންކަން ބެލެހެއްޓުމާއި، މާލީ ހިސާބުތައް ތައްޔާރުކުރުމުގައި މިހާރު އަމަލުކުރަމުންދާ އުސޫލުތައް އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުންނެވެ. އަދި ކައުންސިލްގެ އޮޑިޓް ރިޕޯޓްތަކުގައި ފާހަގަކޮށްފައިވާ ކަންކަން އިސްލާހުކުރުމަށް ކުރެވިދާނެ މަސައްކަތްތަކާއި، ޤާނޫނާއި ގަވާއިދާ އެއްގޮތަށް މާލީ ކަންކަން ކުރިއަށްގެންދިއުމުގައި ދިމާވާ ގޮންޖެހުންތައް ހައްލުކުރުމާ މެދުވެސް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ.
​މީގެ އިތުރުން، ކައުންސިލްގެ އިދާރީގެ މާލީ ކަންކަން ހަރުދަނާކޮށް، މުވައްޒަފުންގެ ހުނަރު އިތުރުކުރުމުގެ ގޮތުން، އޮޑިޓަރ ޖެނެރަލް އޮފީހުގެ ސަދަން ރީޖަނަލް އޮފީހުގެ ފަރާތުން ކޮނޑޭ ކައުންސިލްގެ މުވައްޒަފުންނަށް މާލީ ބަޔާން ތައްޔާރުކުރުމާ ގުޅޭ ޚާއްޞަ ތަމްރީނު ޕްރޮގްރާމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
​މި ބައްދަލުވުމަކީ ކައުންސިލްގެ މާލީ ނިޒާމު އިތުރަށް ހަރުދަނާކޮށް، ނަޒާހަތްތެރިކަމާއެކު ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމަށް ލިބުނު ވަރަށް މުހިންމު ފުރުސަތެކެވެ.

Leave a Reply

Your email address will not be published. Required fields are marked *