މަދަޙަ މުބާރާތުގެ އިނާމުދިނުމުގެ ޖަލްސާ ބާއްވައިފި

ކޮނޑޭ އަންހެނުންގެ ތަރައްޤިއަށް މަސައްކަތްކުރާ ކޮމިޓީއިން އިންތިޒާމްކުރި މަދަޙަ ކިޔުވުމުގެ ފުރަތަމަ މުބާރާތުގެ އިނާމު ދިނުމު ޖަލްސާ 7 މެއި 2022 ވަނަ ދުވަހުގެ ހެނދުނު 10:00ގައި ބާއްވައިފިއެވެ. މި ޖަލްސާގައި މުބާރާތުގައި ބައިވެރިންނަށް، ބައިވެރިވުމުގެ ހަނދާނީ ލިޔުމާއި، ވަނަތަކަށް ހޮވުނު ބައިވެރިންނަށް އިނާމު ދެވުނެވެ.

ކޮންމެ އުމުރުފުރާއަކުން ވެސް އެންމެ މޮޅު 3 ބައިވެރިންނަށް އިނާމު ދެވުނު މި ޖަލްސާގައި، 5 އަހަރުން ދަށުގެ އެންމެ މޮޅު 2 ބައިވެރިންނަކީ، މަރްޔަމް ކިޔާރާ ކިނާނަތު/ޑޭލައިޓްވިލާ، އަޙްމަދު އިނާޒް/ޕީސްހެވަން އެވެ.

9 އަހަރުން ދަށުގެ އުމުރުފުރާގެ އެންމެ މޮޅު 3 ބައިވެރިންނަކީ، މަރްޔަމް އަހުލާ ފަޒަލް/ފަޒާ، އާޔަން އަރީފް/ގުލަޒާރުވާދީ، މުސްއަބް ބިން ސުރާޤަތު/ޑޭލައިޓްވިލާ އެވެ.

11 އަހަރުން ދަށުގެ އުމުރުފުރާގެ އެންމެ މޮޅު 3 ބައިވެރިންނަކީ، ފައިހާ ބިންތި ޝަހުދު އިބްރާހީމް/ޓްވިންސް، ހައިފާ ބިންތި ޝަހުދު އިބްރާހީމް/ޓްވިންސް، ޢަލީ މާނިއު ރަމްޒީން/ޚިތާނުގެ އެވެ.

13 އަހަރުން ދަށުގެ އުމުރުފުރާގެ އެންމެ މޮޅު 3 ބައިވެރިންނަކީ، މުޙައްމަދު ޝަމްހާން ނާޞިރު/ރަބީޢުގެ، ޢާއިޝަތު ނީމް ބިންތި ނިޔާޒް/ސަނޯރާގެ، މުޙައްމަދު މަޒީން މޫސާ/ޓްވައިލައިޓް އެވެ.

16 އަހަރުން ދަށުގެ އުމުރުފުރާގެ އެންމެ މޮޅު 3 ބައިވެރިންންނަކީ، ޢާއިޝަތު އިމްޝާ އަރީފް/ގުލްޒާރުވާދީ، މަރްޔަމް މިޝްކާ މުޙައްމަދު/ވެލްކަމް، ޢާއިޝަތު ތުހުފާ ޙަސަން/އިއްތިފާގް އެވެ.

މުޅި މުބާރާތުގެ އެންމެ މޮޅު 3 ބައިވެރިންނަށް ހޮވުނީ، ފައިހާ ބިންތި ޝަހުދު އިބްރާހީމް، ހައިފާ ބިންތި ޝަހުދު އިބްރާހީމް، މުސްޢަބް ބިން ސުރާޤަތު އެވެ. މި މުބާރާތުގެ ވަނަތަކަށް އަންހެނުންގެ ކޮމިޓީ އާއި ގއ.އަތޮޅު އަތޮޅުކައުންސިލުން އިނާމު ހުށަހަޅާފައިވެއެވެ. މި ޖަލްސާގައި މުބާރާތުގެ ފަނޑިޔާރުންނާއި، މުބާރާތް އިންތިޒާމް ކުރުމުގައި އެހީތެރިވި ފާރާތްތަކަށް ވެސް ހަނދާނީ ލިޔުން ދެވުނެވެ.

Leave a Reply

Your email address will not be published. Required fields are marked *