2022 ވަނަ އަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ރިޕޯޓް

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމާއި ބެހޭ ޤާނޫނުގެ 105 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން، 2022 ވަނަ އަހަރުގެ ފުރަތަމަ 6 މަސްދުވަހު، ކޮނޑޭ ކައުންސިލުން ހިންގި ހަރަކާތްތަކުގެ ތަފްސީލް ރިޕޯޓް އާއްމުކޮށްފިއެވެ.

މި ރިޕޯޓްގައި 2022ވަނަ އަހަރަށް ފާސްކުރި މަސައްކަތު ތާވަލުގައި ފުރަތަމަ ހަމަސްދުވަހު ކުރުމަށް ކަނޑައަޅާފައިވާ ހަރަކާތްތައް ހިންގުނުގޮތުގެ  މައުލޫމާތު އިންސައްތައިން ހިމަނާފައިވެއވެ. މީގެ ިއތުރުން 2022ވަނަ އަހަރުގެ ބާކީއޮތް މުއްދަތުގައި ކައުންސިލުން ކުރުމަށް ރާވާފައިވާ ހަރަކާތްތައް ވެސް މިރިޕޯޓްގައި ހިމަނާފައި ވެއެވެ.

މިރިޕޯޓްގައި 2022ވަނަ އަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ކައުންސިލްގެ މާލީ ހިސާބުތައް  ހިމަނާފައިވެއެވެ.

މި ރިޕޯޓް ރައްޔިތުންނާއި ހިއްސާކުރުމަށް ބާއްވާ ބައްދަލުވުން 14 ޖުލައި 2022ވަނަ ދުވަހުގެ ރޭ 20:30ގައި ބާއްވަން،  ކައުންސިލްގެ 57ވަނަ ބައްދަލުވުމުން ވަނީ ނިންމާފައެވެ.

Download (PDF, Unknown)

Leave a Reply

Your email address will not be published. Required fields are marked *