ކައުންސިލްގެ 39ވަނަ ބައްދަލުވުން ބާއްވައިފި
22 ފެބްރުއަރީ 2022ގައި ކައުންސިލު އިދާރާގައި ބޭއްވި މިބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ ކައުންސިލުގެ ރަޢީސް އަޙްމަދު ޢަބްދުލް ޙަކީމެވެ. މި ބައްދަލުވުމުގައި މިއަހަރުގެ ލާމަރުކަޒީ ދުވަހާއި، ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމަށް މަޝްވަރާކޮށް ނިއްމިއެވެ.
އެގޮތުން، މި މަހުގެ 27 ވަނަ ދުވަހުގެރޭ ކައުންސިލުން ރައްޔިތުންނާއި ބައްދަލުކުރަން ބާއްވާ، ފެބްރުއަރީމަހުގެ ބައްދަލަވުމުގައި ލާމަރުކަޒީ ދުވަހުގެ ޚާއްޞަ ކޭކުފެޅުން ރަށުގެ ރައްޔިތުންނާއި އެކު ބޭއްވުމަށް ނިންމިއެވެ.
މިއަހަރުގެ ބައިނަލްއަޤުވާމީ އަންހެނުންގެ ދުވަސް ކޮނޑޭ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި ގުޅިގެން ފާގަހަކުރުމަށް ވެސް ނިންމިއެވެ.
މީގެ އިތުރުން، ކޮނޑޭ ސްކޫލުގެ ބިޑްކޮމިޓީގެ މެންބަރުކަމަށް ރަށުކައުންސިލުގެ ސެކްރެޓަރީ ޖެނެރަލް ޙުސައިން އާދަމް ހަމަޖައްސަންވެސް ނިންމިއެވެ.
މި ބައްދަލުމުގައި މަޝްވަރާކުރެވުނު އިތުރުކަންކަމުގެ ތެރޭގައި، ރައްޔިތުންނާއި ބައްދަލުކުރުމުގައި މަޝްވަރާކުރާނެ ކަންކަމާއި، ކައުންސިލުގެ އައު އިދާރާއަށް ބަދަލުވުމުގެ އިންތިޒާމްތައް ހަމަޖެއްސުމުގެ އިތުރުން ރަށުގެ މަގުތަކަށް ފެންޖެހުންވެސް ހިމެނެއެވެ.