ކޮނޑޭގައި ފުލުހުންގެ ޚިދުމަތް ޤާއިމުކުރަނީ

ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގައި ފުލުހުންގެ ޚިދުމަތް ޤާއިމުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރައްވަމުން ގެންދާ މަސައްކަތުގެ ތެރެއިން ގއ.ކޮނޑޭގައި ފުހުލުންގެ ޚިދުމަތް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

27 ފެބްރުއަރީ ގައި ކޮނޑޭ ކައުންސިލުގެ އިދާރާގައި ބޭއްވި ބައްދަލުވުމުގައި އެކަމާމެދު ވަނީ މަޝްވަރާކުރެވިފައެވެ. އެ ގޮތުން ފުލުހުންގެ ޚިދުމަތް ފެއްޓުމަށް ބޭނުންވާ އިމާރާތެއް ކައުންސިލުން ދޭގޮތަށް ވަނީ ނިންމާފައެވެ.

މި ބައްދަލުވުމުގައި ކައުންސިލުގެ އިތުރަށް ކޮނޑޭ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި ސައުތު ޕޮލިސް ރީޖަން ކޮމާންޑަރާއި ގއ.އަތޮޅާއި އަލަށް ހަވާލުވާ އަތޮޅު ކޮމާންޑަރު ބައިވެރިވިއެވެ.

މިބައްދަލުވުމުގައި ކޮނޑޭއަށް މިވަގުތު ފުލުހުންގެ ޚިދުމަތް ބޭނުންވާ ދާއިރާތަކާއި ދެ ފަރާތުން ގުޅިގެން ހިންގިދާނެ ހަރަކާތްތަކާއި މެދު މަޝްވަރާކުރެވުނެވެ.

Leave a Reply

Your email address will not be published. Required fields are marked *