އަންހެނުންގެ ދުވަސް ފާހަގަކޮށްފި

މިއަހަރުގެ ބައިނަލްއަޤުވާމީ އަންހެނުންގެ ދުވަސް މިރަށުގައި ވަރަށް ކުލަގަދަކޮށް ފާހަގަކޮށްފިއެވެ. ދުވަހުގެ ޚާއްޞަ ޝިޔާރުގެ “ތަފާތު ކުރުން ނައްތާލުން” ދަށުން ރަށުގެ ރައްޔިތުންގެ ފުރިހަމަ ބައިވެރިވުންލިބޭނެ ގޮތަށް، ރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއިން އިސްނަގައިގެން ރަށުކައުންސިލާއި މުއައްސަސާތަކުގެ ބައިވެރިވުމާއި އެކު ބޭއްވި ދުވަހުގެ ޚާއްޞަ ހަރަކާތްތައް އޮތީ ރަށުގެ “ލައިމްބީޗް” ގައެވެ. ރަށުގެ ދެޖިންސުގެ އެކިއުމުރުގެ ރައްޔިތުން ބައިވެރިވި މި ހަރަކާތްތަކުގައި ސަގާފީ ގިނަ ކުޅިވަރުތަކެއް ކުޅުނެވެ.

މީގެ އިތުރުން ދުވަހުގެ ޚާއްޞަ ކޭކުފެޅުން ކުރިޔަށް ގެންދިޔައެވެ. މި ދުވަހުގެ ހަރަކާތްތައް ނިންމާލީ ރަށުގެ މުއައްސަސާތަކުގެ މުވައްޒަފުން ތައްޔާރުކުރި ހަވީރު ސަޔަކުން ނެވެ.

Leave a Reply

Your email address will not be published. Required fields are marked *