ފަތުރުވެރިކަމަށް ކޮނޑެއިން ބިން ދޫކުރުމުގެ އެމް.އޯ.ޔޫގައި ސޮއިކޮށްފި

ގއ.ކޮނޑޭ އިން ފަތުރުވެރިކަމުގެ ބޭނުންތަކަށް ބިން ދުކުރުމުގެ މެމޮރެންޑަމް އޮފް އަންޑަރސްޓޭންޑިންގ އެއްގައި މިނިސްޓްރީ އޮފް ޓޫރިޒަމް އާއި އެކު ސޮއިކޮށްފިއެވެ. 03 މާރިޗް 2022 ވަނަ ދުވަހު އެ މިނިސްޓްރިގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ކޮނޑޭ ކައުންސިލުގެ ފަރާތުން މި އެމް.އޯ.ޔޫގައި، ސޮއިކުރެއްވީ ކައުންސިލުގެ ރަޢީސް އަޙްމަދު ޢަބްދުލްޙަކީމެވެ. މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާރމަނަންޓް ސެކްރެޓަރީ ފާތިމަތު ނިލްފާ އެވެ.

މި އެމް.އޯ.ޔޫގެ ދަށުން ކޮނޑޭގެ ބިނާވެށި ޕްލޭންގައި ފަތުރުވެރިކަމަށް ބިން ކުއްޔަށް ދިނުމަށް ކަނޑައަޅާފައިވާ ސަރަހައްދުން، ގެސްޓްހައުސްގެ ވިޔަފާރި އަށާއި ސިޓީހޮޓާ ހިންގުމަށް ބިން ކުއްޔަށް ދިނުމުގައި ޓޫރިޒަމް މިނިސްޓްރީން ފަންނީ އެހީތެރިކަން ފޯރުކޯށްދިނުމަށް ހަމަޖެހިފައިވެއެވެ.

ކޮނޑެއަކީ، ބިންބޮޑު، ގުދުރަތީ ވަޞީލަތްތައް ގިނަ، ފަތުރުވެރިކަމަށް ފަހި، ހިތްގައިމު މާހައުލެއް އޮތް ރަށެކެވެ. ކޮނޑޭ ކައުންސިލުގެ އަމާޒަކީ، ފަތުރުވެރިކަމާއި އެސިނާއަތުގެ އެހެނިހެން މަސައްކަތްތަކަށް ގިނަ އިންވެސްޓްމަންޓްތަކެއް ރަށަށް ގެނައުމެވެ.

Leave a Reply

Your email address will not be published. Required fields are marked *