މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒް ކޮނޑޭ ކައުންސިލާއި ބައްދަލުކުރައްވަފި

ކޮނޑޭގައި އަލަށް އިމާރާތްކުރާ މިސްކިތުގެ މަސައްކަތްތައް އަމަލީގޮތުން ފަށްޓަވައިދެއްވުމަށް 18 މާރޗް 2022 ވަނަ ދުވަހު ކޮނޑެޔަށް ކުރެއްވި ޒިޔާރަތުގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒް ޑރ.އަޙްމަދު ޒާހިރު ޢަލީ ކޮނޑޭ ކައުންސިލާއި ބައްދަލުކުރައްވައިފިއެވެ.

ކައުންސިލު އިދާރާގައި އޮތް މިބައްދަލުވުމުގައި ކޮނޑޭގައި އިސްލާމިކް މިނިސްޓްރީގެ ދާއިރާއިން ހިންގާ މަސައްކަތްތަކާއި، ދެފަރާތުން ގުޅިގެން ރާވައި ހިންގިދާނެ ކަންކަމާމެދު މަޝްވަރާކުރެވުނެވެ.

ރަށުގައި ދީނީހޭލުންތެރި ކުރުމުގެ ހަރަކާތްތައް ހިންގުމަށާއި، ރަށުގެ ސަހަރާގެ މަސައްކަތްތަކާއި ހިނަވާގޭގެ މަސައްކަތްތަކުގައި މިނިސްޓްރީން އެހީތެރިކަން ދެއްވުމަށް ކައުންސިލުން ހުށަހެޅުއްވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *