މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒް ކޮނޑޭ އަންހެނުންގެ ކޮމިޓީ އާއި ބައްދަލުކުރައްވައިފި

ނޑޭގައި އަލަށް އިމާރާތްކުރާ މިސްކިތުގެ މަސައްކަތްތައް އަމަލީގޮތުން ފަށްޓަވައިދެއްވުމަށް 18 މާރޗް 2022 ވަނަ ދުވަހު ކޮނޑެޔަށް ކުރެއްވި ޒިޔާރަތުގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒް ޑރ.އަޙްމަދު ޒާހިރު ޢަލީ ކޮނޑޭ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި ބައްދަލުކުރައްވައިފިއެވެ.

ކައުންސިލު އިދާރާގައި އޮތް މިބައްދަލުވުމުގައި އަންހެނުންގެ ކޮމިޓީއިން ހިންގާހަރަކާތްތަކާއި މަސައްކަތްތަކުގެ މައުލޫމާތު މިނިސްޓަރާއި ހިއްސާކުރެއްވިއެވެ. މީގެ އިތުރުން ދެފަރާތްގުޅިގެން ހިންގިދާނެ މަސައްކަތްތަކާއި ބެހޭގޮތުން މަޝްވާރާކުރެއްވިއެވެ. މިގޮތުން ކޮމިޓީއިން ހިންގާ ހަރަކާތަކަށް ބޭނުންވާ މުސްޙަފު ފޯރުކޯށްދެއްވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *