ނޫރާއްޖެ ސާރވޭ ކުރިޔަށް ގެންގޮސްފި
ދިވެހި ސަރުކާރާއި ބުލޫ ޕްރޮސްޕެރިޓީ ކޯލިޝަން ގުޅިގެން ކުރިޔަށް ގެންދާ “ނޫރާއްޖެ އޯޝަން ޔޫސް ސާރވޭ” މިރަށުގައި ކުރިޔަށް ގޮސްފިއެވެ. 22 މާޗް 2022ވަނަ ދުވަހު އޮތް މި ހަރަކާރުގައި، ރަށުކައުންސިލާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އަށް މި ސާރވޭގެ މައުލޫމާތު ހިއްކުރެވިފައިވެއެވެ. މި ސާރވޭގައި ރަށުގެ މުއައްސަސާތަކުގެ މުވައްޒަފުންގެ އިތުރުން މޫދާއި ކަނޑުފަޅުގެ ބޭނުން ކުރާ ދާއިރާތަކުން މީހުން ބައިވެރިވިއެވެ.