ކޮނޑޭގެ 47 ވަނަ އަހަރީދުވަސް ފާހަގަކޮށްފި

ކޮނޑޭ ދެވަނަ ފަހަރަށް އާބާދުވި ފަހުން 47 އަހަރު ފުރުމުގެ މުނާސަބަތު ވަރަށް ކުލަގަދަކޮށް ފާހަގަކޮށްފިއެވެ. ކޮންމެ އަހަރެއްގެ އޭޕްރީލް 12 ވަނަ ދުވަހަކީ، ކޮނޑޭގެ ރައްޔިތުން ދާންދޫއަށް ބަދަލުކުރުމަށްފަހު އަލުން އެރަށަށް ދިއުމަށް ސަރުކާރުން ހުއްދަ ދެއްވި ދުވަހެވެ.

އެދުވަހުން ފެށިގެން ކޮންމެ އަހަރަކުވެސް އަތޮޅުގެ ރަށްރަށުގެ ރައްޔިތުންނަށް ދައުވަތުދީގެން “ސަޔާދޮހެޔާ” ގެ ނަމުގައި ފާހަގަކުރާ ދުވަހެކެވެ. މިއަހަރުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކޮނޑޭ ސްކޫލްގެ ދަރިވަރުންނަށް ދުވަހާގުޅޭ ގޮތުން މައުލޫމާތު ދިނުމުގެ ޚާއްޞަ ސެޝަނެއް ބޭއްވުނެވެ.

12 އޭޕްރީލް 2022 ވަނަ ދުވަހުގެ ރޭ ކައުންސިލްގެ އައު އިދާރާގައި ދުވަހުގެ ޚާއްޞަ ޖަލްސާވެސް ވަނީ ބާއްވާފައެވެ. ރަށުގެ މުއައްސަސާތަކާއި، ކުދިބޮޑު ރައްޔިތުންނަށް ދައުވަތުދީގެން ބޭއްވި މި

ޖަލްސާގައި ދުވަހުގެ މައުލޫމާތު ރައްޔިތުންނަށް ހިއްސާކުރިއެވެ.

ޝަރަފުވެރި މެހުމާން މުޙައްމަދު ޢަބްދުﷲ ދީދީ ދެއްކެވި ވާހަކަފުޅުގައި ރަށުން މީހުން ބާލަން ޖެހުނު ގޮތާއި، ދާންދޫން ކޮނޑެޔަށް އެނބުރި އަންނަން އޭރުގެ ވެރިންނާއި ރަށްވެހިން ކުރި މަސައްކަތް ވަރަށް ތަފުޞީލުކޮށްދެއްވިއެވެ. މިފަދަ ދުވަހެއް ފާހަގަ ކުރާއިރު އަދުގެ ޖީލުތަކުން، ކާބަފައިން ކުރި ތަޖުރިބާއިން އިބުރަތް ލިބިތިބެ ރަށްކުރިއަރުވަން މަސައްކަތް ކުރުމަށް އިލްތިމާސްކުރެއްވިއެވެ.

މި ޖަލްސާގައި ރަށުކައުންސިލްގެ ރަޢީސްވެސް ވާހަކަފުޅު ދެއްކެވިއެވެ. އެއްބައިވަންތަކަމާއެކު ގުޅިގެން މަސައްކަތް ކުރި އޭރުގެ ވެރިންނާއި އިސްރަށްވެހިން ދާންދޫގައި ހޭދަކުރި ދުވަސްތަކުގެ      ޖަތުރިބާއަށް ބަލައި ރަށުގެ ކުރިމަގު އުޖާލާކުރުމަށް މަސައްކަތްކުރުމަށް ޖަލްސާގެ ހާޒިރީންނަށް އިލްތިމާސް ކުރެއްވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *