މުވައްޒަފުންނަށް މަރުހަބާ ކިޔައިފި

ކޮނޑޭ ކައުންސިލް އިދާރާގެ އިދާރީ މަޤާމުތަކަށް އަލަށް ހޮވުނު މުވައްޒަފުންނަށް ކައުންސިލުން ވަރަށް ހޫނު މަރުހަބާއެއް ކިޔައިފި އެވެ. ކައުންސިލް އޮފިސަރގެ މަޤާމާ އަލަށް ގުޅުނީ ޝަޒީނާ ޝަމީމް އެވެ. ޝަޒީނާ އަކީ ކުރިން ވެސް މިއިދާރާގައި މަސައްކަތް ކޮށްފައިވާ މުވައްޒަފެކެވެ.

 އެސިސްޓެންޓް ކައުންސިލް އޮފިސަރގެ މަޤާމާ އަލަށް ގުޅުނީ  ފާތިމަތު ލަމްޙާ ސަޢުދު ﷲ އާއި މުޙައްމަދު ޝާވިން ސަޢީދެވެ.

ކައުންސިލް އެސިސްޓެންޓް ގެ މަޤާމާ އަލަށް ގުޅުނީ ދޮންދީދީއެވެ.

މުވައްޒަފުން ކައުންސިލް އިދާރާއާއި ގުޅުމުން ކައުންސިލްގެ މަސައްކަތްތަކަށް އިތުރު ފުރިހަމަކަމާއި ކުރިއެރުން ލިބިގެންދާނެއެވެ.

އަލަށް ގުޅުނު މުވައްޒަފުންނަށް މަރުހަބާ ދެންނެވީ ކައުންސިލްގެ ރައީސް އާއި ކައުންސިލަރުންގެ އިތުރުން ކައުންސިލްގެ ސެކްރެޓެރީ ޖެނެރަލް އާއި އިދާރާގަ މިވަގުތު ތިބި މުވައްޒަފުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *